އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާ ކުންފުނިތަކެއްގެ އެއްބަސްވުންތައް ބާތިލުކޮށް 18 މަޝްރޫއެއް އެމްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
07 އެޕްރީލް 2025
އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާ ކުންފުނިތަކެއްގެ އެއްބަސްވުންތައް ބާތިލުކޮށް 18 މަޝްރޫއެއް އެމްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ ތިން ކުންފުންޏާ ހަވާލުރި މަޝްރޫއުތަކުގެ އަގަކީ 114.9 މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެމްޓީސީސީއާ ހަވާލުކުރީ 15 ސްކޫލަކާ ގުޅޭ މަސައްކަތްތަކެވެ. އއ. މާޅޮހާއި އދ. ފެންފުށީ ސްކޫލްގެ މަސައްކަތް ނިންމަން ހަވާލުކުރީ އާރުޑީސީއާ އެވެ. ފެނަކައާ ހަވާލުކުރީ މ. ވޭވަށު ސްކޫލްގެ މަސައްކަތެވެ.
އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ށ. ބިލެއްފައްސާއި އއ. މަތިވެރި އާއި ގދ. ވާދު އާއި ކ. ގުޅީގެ ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލް އިމާރާތުގެ މަސައްކަތެވެ.
އަދި ހއ. މާރަންދު އާއި ހއ. މޮޅަދު އާއި ހދ. ނޭކުރަންދު އާއި ރ. ދުވާފަރާއި ބ. ކުޑަރިކިލާއި ތ. ގާދިފުއްޓާއި ލ. މާވަށު ސްކޫލުގެ ކްލާސްރޫމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއަށް ގެންދާނެ އެވެ.
އެ މަޝްރޫއުތަކުގެ އިތުރަށް އެ ކުންފުނިން ބުނީ ހދ. ނޮޅިވަރަމާއި އެ އަތޮޅު ނާވައިދު އާއި ރ. އިންނަމާދު އާއި ތ. މަޑިފުށީގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމަކާއި ހަމަހަމަ ގޮތެއްގައި ވަސީލަތްތައް ލިބޭނެ މަޝްރޫއުތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ސްކޫލުތަކުގައި ކުރިއަށް ގެންދާ 18 މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކުރިއިރު، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތަކަށް 280 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުން ބައެއް މަޝްރޫއުތައް ހުއްޓިފައި އޮތް ކަމަށެވެ.
އެކަމަކު، އެ ފައިސާގެ ބޮޑު އަދަދެއް ދެއްކުމުން ވެސް މަޝްރޫއުތައް ނުފަށާ ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެހެންވެ، އެ ކުންފުނިތަކުގެ އަތުން މަޝްރޫއުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
18 މަޝްރޫއެއްގެ އެއްބަސްވުން ބާތިލްކޮށްފި
ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި
ފަރެސްމާތޮޑާ އިންޖީނުގޭގެ ދުމާ ހެދި ސްކޫލަށް އުނދަަނގޫ
ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރަނީ
1500 އެލެކްޓްރީޝަނުން ތަމްރީނުކުރަނީ
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
އައްޑޫ ލިންކް ރޯޑު އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް
"ޓީޗަރުން، ޒަމާނަށް އަންނަބަދަލަށް އަހުލުވެރިވާންޖެހޭ"
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"