ދަރިވަރުންނަށް ސްކޫލު ބަދަލުކުރެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ ވަކި ދުވަސްވަރެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
26 އޯގަސްޓް 2025
ދަރިވަރުންނަށް ސްކޫލު ބަދަލުކުރެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ ވަކި ދުވަސްވަރެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދަރިވަރުންނަށް ސްކޫލު ބަދަލުކުރުމުގެ ފުރުސަތު މިނިސްޓްރީން ދިނެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު، ވިދާޅުވީ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ އުސޫލަށް ބަދަލު ގެނެސް، އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ގެނެސްފައިވާ ބަދަލުގެ ދަށުން ކޮންމެ ދިރާސީ އަހަރެއްގައި ދެ ފަހަރަކު ސްކޫލު ބަދަލުކުރުމަށް ފުރުސަތު ދޭނެ އެވެ. ކުއްޖަކު ސްކޫލު ބަދަލުކުރާ ނަމަ މިހާރު ކަނޑައަޅާފައި ވަނީ ދިރާސީ އަހަރެއްގެ ދެވަނަ ޓާމު ނިމުމުގެ އެއް މަސް ދުވަސް ކުރިން ހުށަހެޅުމާއި ކުއްޖަކު ދެވަނަ ޓާމަށް އެހެން ސްކޫލަކަށް ބަދަލުކުރާ ނަމަ، ފުރަތަމަ ޓާމު ނިމުމުގެ އެއް މަސް ދުވަސް ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިގޮތަށް ބަދަލު ގެނަޔަސް ހައްސާސް ހާލަތެއް ދިމާވެގެން ކުއްޖެއްގެ ސްކޫލު ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކޮންމެ ވަގުތެއްގައި ދަރިވަރުންގެ ސްކޫލު ބަދަލުކުރެވޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ އުސޫލަށް ގެނެސްފައިވާ ބަދަލަކީ ދަރިވަރުންގެ އުނގެނުމަށް އަތުވެދާނެ ދަތިތަކަށް ލުއި ލިބޭނެ ގޮތަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ވިދާޅުވި އެވެ.
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ