Roadha Mihaaru

އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ދެ ބުރީގެ އިމާރާތް ހުރި ތަނުގައި ކްލާސްރޫމުތައް ހިމެނޭ އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

04 އޯގަސްޓް 2025

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ދެ ބުރީގެ އިމާރާތް ހުރި ތަނުގައި ކްލާސްރޫމުތައް ހިމެނޭ އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރި ހުރި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު އެންގި އެވެ. ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން، އެ އިމާރާތް ބޭނުން ނުކުރާތާ 8 އަހަރަށް ފަހު މިދިޔަ ޖޫން މަހު ވަނީ ތަޅާލައިފަ އެވެ.

އިސްކަންދަރު ސްކޫލުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ސްކޫލު އޮފީސް ހިންގަމުން އައި އެ ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ސްކޫލު އޮފީސް ހިންގަމުން އައި އެ ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބޭނުންވީ އެ ބިމަކީ ކުދިން ކުޅޭނެ "ޕްލޭ ގްރައުންޑް" އެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެންވެ، މިނިސްޓްރީން ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު އެންމެ ރަނގަޅު ގޮތެއް ކަމަށް ނިންމީ މިހާރު ހުސްކޮށް އޮތް އެ ބިމުގައި އާ ކްލާސްރޫމު ބަރިއެއް ހެދުމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި އަޅަން މިހާރު ނިންމާފައި ވަނީ ކްލާސްރޫމުތައް ހިމެނޭ އިމާރާތެއް ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ އެ އިމާރާތް ކުރެހުމުގެ މަސައްކަތްތައް ކަމަށާއި ހަދާނީ ކިތައް ކްލާސްރޫމުކަމާއި އެ އިމާރާތުގައި ހިމެނޭނެ އިތުރު ތަންތަން އެނގޭނީ އޭގެ ފަހުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އޭ ބްލޮކް ތަޅާލުމުން މިހާރު ކުދިންނަށް ކިޔަވައި ދެމުން އަންނަނީ ބީ ބްލޮކާއި ސީ ބްލޮކްގަ އެވެ.

އެކަމަކު، ކުދިންނަށް މިހާރު ކިޔަވައިދޭ އިމާރާތުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރިން ކޮށްފައި ވެ އެވެ. މި މައްސަލަތަކާ ހެދި ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރިން ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ އިމާރާތާ އެކު، އެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.