ސްކޫލްތަކުގެ ތެރޭގައި ބުލީ ކުރި 26 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
07 އެޕްރީލް 2024
ސްކޫލްތަކުގެ ތެރޭގައި ބުލީ ކުރި 26 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ވެރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެފަދަ މަންޒަރެއް މުޖުތަމައުގެ ތެރޭގައި ފެތުރުމުން އާންމުންގެ ކަންބޮޑުވު ކަަމަށް ވަނީ ތައުލީމީ ނިޒާމްގެ ތެރޭގައި އެފަދަ މައްސަލަތަށް ބަލައި އަމަލުކުރާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވައި ޑރ. އިސްމާއިލް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެކި ސްކޫލްތަކުން ހުށަހަޅާފައިވާ ބުލީކުރުމުގެ 26 މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.
"މިއީ ވަރަށް ގިނަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މުޅި އިންޓަރެކްޝަންގެ ސްފިއާ އަށް ބަލައިފި ނަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިހާރު މި އޮތް ލެވެލްގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ މިއީ ހައްލު ކުރެވިދާނެ މައްސަލަތަކެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް ހަރަކާތްތަކުގައި އާއި ބެލެނެވެރިންނަށް ހިންގޭ އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އަދި ދަރިވަރުންނަށް ހިންގޭ އެކިއެކި ސިވިކް ޕްރޮގްރާމްތަކުގައި ވެސް ކުދިންގެ އެންގާ މެނޭޖް (ރުޅި ކޮންޓްރޯލް ކުރުން) ކުރުމާއި ބުލީ ކުރުން ފަދަ ވިޔާނުދާ އަދި ކޮށްގެން ނުވާނެ ފަދަ ކަންތައްތަކަށް ކުދިން އަހުލުވެރި ކުރުވާ އެފަދަ ކަންކަމުން ދުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހިނގަމުންދޭ."
ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އޭޖީ އުޝާމް، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބުލީގެ މައްސަލަތައް ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި އެކަހަލަ ކުދިންނަށް ފަރުވާ ދިނުމަށް ކައުންސިލަރުން ނެތުމެވެ. ސަރުކާރުގެ ސްކޫލުތަކުގެ އަދަދު 225 ގައި އުޅޭއިރު، ކައުންސިލަރުން ތިބީ 51 ސްކޫލްގައި ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.
އެކަން ހައްލުކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމްގެ ތެރެއިން ސެން ޓީޗަރުންނާއި ކައުންސެލަރުން ތަމްރީނު ކުރުމަށް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
18 ރަށެއްގެ ސްކޫލްގެ މަސައްކަތް ތިން ކުންފުންޏަކަށް
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު
16 އަހަރުގައި 484 މައްސަލަ: ޒިންމާވާނީ ކާކު؟
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
ޣިޔާސުއްދީން ސްކޫލުގައި ބުލީކުރާ ވީޑިއޯއަކީ އަސްލެއް!
އާލިފަށް އަމާޒުވި ތުހުމަތުތަކަށް ރައްދު ދީފި
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން