14 ޖުލައި 2019
ބުލީކުރުމާ ދެކޮޅަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ވީޑިއޯތަކެއް ހަދަނިކޮށް، އެ ސްކޫލުގެ ދަރިވަރަކަށް ބުލީކުރާ އަސްލު ވީޑިއޯއެއް އާންމުވެއްޖެ އެވެ. އަދި އެއީ އެ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ސްކޫލުން ހަދާފައިވާ ވީޑިއޯއެއް ނޫން ކަމަށާއި އެއީ ދަރިވަރުންތަކެއް ހިންގާފައިވާ އަމަލެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.
ބުލީކުރުމާ ދެކޮޅަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ވީޑިއޯތަކެއް ހަދަނިކޮށް، އެ ސްކޫލުގެ ދަރިވަރަކަށް ބުލީކުރާ އަސްލު ވީޑިއޯއެއް އާންމުވެއްޖެ އެވެ. އަދި އެއީ އެ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ސްކޫލުން ހަދާފައިވާ ވީޑިއޯއެއް ނޫން ކަމަށާއި އެއީ ދަރިވަރުންތަކެއް ހިންގާފައިވާ އަމަލެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.
އެ ވީޑިއޯ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބެލެވެރިން ބުނަމުން އައީ އެއީ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ހިންގާ ޕްރޮޖެކްޓެއްގެ ވީޑިއޯއެއް ކަމަށެވެ. އެ ވީޑިއޯގައި ކުއްޖަކާ ދިމާކޮށް، ގޮނޑިން ވައްޓާލަ އެވެ.
އެކަމަކު އެ ވީޑިއޯއާ ބެހޭ ގޮތުން ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ޣިޔާސުއްދީނުން ބުނެފައި ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕެރޭޑުގައި ކަމަށެވެ. އެ ވަގުތުން ފެށިގެން އެކަން ތަހުގީގުކުރަން ފެށި ކަމަށް ބުންޏެވެ.
ސްކޫލުގެ ގަވާއިދުތަކާއި ބުލީކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ދަރިވަރުން އަބަދު ވެސް އަހުލުވެރިކުރުވާ ކަމަށާއި އެ ކަމެއް ހިނގީ ދެ ސެޝަން ބަދަލުވި ވަގުތުގައި ކަމަށް ސްކޫލުން ބުންޏެވެ. ވީޑިއޯ ނަގާފައިވަނީ، ޓެބްލެޓް ފަދަ ޑިވައިސްއެއް ސްކޫލަށް ގެންދިޔަ ދުވަހެއްގަ އެވެ. ސްކޫލުގައި ބޭނުންކުރަން ރަޖިސްޓްރީކޮށްފައިވާ ޑިވައިސްތައް ދަރިވަރުން ބޭނުންކުރުމުގެ ފުރުސަތު ދެ އެވެ.
ކްލާސްތައް ހިމެނޭ ފްލޯތައް ބަލަހައްޓާ ކަމަށާއި ނަމަވެސް އެންމެން ހަރަކާތްތެރިވަމުންދާ ވަގުތެއްގައި އެފަދަ ކަމެއް ހިނގުމުގެ ފުރުސަތެއް އޮވެދާނެ ކަން ވެސް ސްކޫލުން ފާހަގަކުރި އެވެ.
ދަރިިވަރަށް ބުލީކުރާ ވީޑިއޯ އާއްމުވީ އެކަމާ ގުޅޭ ވީޑިއޯތަކެއް ހަދަން ބަޔަކާ ހަވާލުކޮށްފައިވަނިކޮށެވެ. އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ސްކޫލުން ވަނީ ބުލީކުރުމާ ދެކޮޅަށް ހަދާ ވީޑިއޯގެ ގައިޑްލައިންތައް ވެސް ހިއްސާކޮށްފަ އެވެ.
"ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ، އެ ވީޑިއޯއަކީ އެންޓި ބުލީން ޕްރޮޖެކްޓުގެ ވީޑިއޯއެއް ކަމަށް ބުނަމުން. ނަމަވެސް މިހާރު އެނގިފައިވާ ގޮތުން ދައުރުވަމުންދާ ވީޑިއޯ އާއި ޕްރޮޖެކްޓާ އެއްވެސް ގުޅުމެއް ނެތް،" ބެލެނިވެރިންނަށް ފޮނުވި ސިޓީގައި ބުންޏެވެ.
އެ ވީޑިއޯއަކީ ޕްލޭންކޮށްގެން ދަރިވަރުން ނަގާފައިވާ ވީޑިއޯއެއް ކަމަށާއި ބޭނުމަކީ ދަރިވަރުން ހަދާފައިވާ ޔޫޓިއުބް ޗެނަލަކަށް އަޕްލޯޑްކުރުން ކަމަށް ބުންޏެވެ. މީގެ ކުރިން މަދަހައެއް ވެސް ވަނީ އެ ޗެނަލަށް އަޕްލޯޑުކޮށްފައި ކަމަށާއި އެހެންވެ އިތުރު އެއްޗެއް ނެތުމުން އެ ކުދިން ބޭނުންވީ ވީޑިއޯއެއް ހަދަން ކަމަށް ސިޓީގައި ބުންޏެވެ.
"ޔޫޓިއުބް ޗެނަލްގައި އިތުރު އެއްޗެއް ނެތުމުން ބޭނުންވީ ވީޑިއޯތަކެއް އަޕްލޯޑުކުރަން. އެ ހާދިސާ ހިނގީ ދަރިވަރަކު ގޮނޑިއަކުން ވެއްޓޭ ކަހަލަ ގޮތަކަށް ވީޑިއޯއެއް ނަގަނިކޮށް. ނަމަވެސް އެ ވެއްޓުނު ކުއްޖާ އަށް އެ މައުލޫމާތެއް ނޭނގޭ،" ޣިޔާސުއްދީނުން ބުންޏެވެ.
ޣިޔާސުއްދީނުން އަބަދު ވެސް ސްކޫލުގެ ހާލަތު ބަލާ ކަމަށާއި އަދި އެކަހަލަ ކަމެއް ހިނގިޔަސް ސްކޫލުން ހާއްސަ ކަމެއްދީގެން ބަލާނެ ކަމަށް ބުންޏެވެ. މައްސަލައެއް ނުބަލާ ދޫނުކޮށްލާނެ ކަމަށް ވެސް ސްކޫލުން ބުންޏެވެ.
ސްކޫލުގެ އެންމެ މުހިއްމު ސިފައަކީ ނަޒާހަތްތެރިކަން ކަމަށާއި ކަމެއް ހިނގައިފި ނަމަ އެކަމެއް ފޮރުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަން ކަމަށް ވެސް ސްކޫލުން ބުންޏެވެ.
"ދަރިވަރުން މޮނީޓާކުރުން ކުރިއަށް ވުރެ ހަރުދަނާކޮށް ޣިޔާސުއްދީނަކީ ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ދަރިވަރުންނަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެން،" ސިޓީގައި ބުންޏެވެ.
ޣިޔާސުއްދީނުގެ ނިންމުން އައީ ކޮވިޑް ކޭސްތަކަކާ ގުޅިގެން
ގައިޑްލައިނަށް ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި
ދަރިވަރަށް ބުލީކުރި މައްސަލަ ބަލަން ފަށައިފި
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ
ގިޔާސުއްދީނުން ރަންވަނަ ހޯދި ދަރިވަރުންނަށް އެވޯޑުތަކެއް
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޣިޔާސުއްދީން ސްކޫލުގެ ފީ ބޮޑުކޮށްފި