18 އެޕްރީލް 2017
މާލޭގެ ސްކޫލެއްގެ ދަރިވަރަކަށް ބުލީ ކުރި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
މާލޭގެ ސްކޫލެއްގެ ދަރިވަރަކަށް ބުލީ ކުރި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
ގްރޭޑް ނުވައެއްގައި ކިޔަވާ އަންހެން ދަރިވަރު ލައްފިލުވާ ބޮއިގެން އަަމިއްލައަށް މަރުވާން އުޅުނީ، އޭނާގެ މަންމަ ތުހުމަތުކުރާ ގޮތުގައި، ބުލީކުރުމުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެ ދަރިވަރުގެ ހާލު މިހާރު ރަނގަޅެވެ.
ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވާ އެ ސްކޫލުގައި ބުލީ ކުރި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
އެކަމަކު މިއިން އެއްވެސް އިދާރާއަކުން މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ފުލުހުންނާ ގުޅިގެން މި މައްސަލަ އެތަނުން ބަލަމުން އަންނައިރު މިނިސްޓްރީގެ ފަރާތުން އެ ދަރިވަރަށާއި އޭނާގެ އާއިލާއަށް ދޭންވާ އެހީތެރިކަން ދީފައިވާ ކަމަށެވެ.
"މި ވަގުތު އިތުރު ތަފްސީލެއް ދެވޭކަށް ނެތް. އެކަމަކު އަޅުގަނޑު އަންނަނީ މި މައްސަލަ ބަލަމުން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި މައްސަލައިގައި އެ ސްކޫލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އުމުރުން 14 އަހަރުގެ އެ ދަރިވަރުގެ މަންމަ ބުނިގޮތުގައި މިއީ އޭނާގެ ދަރިފުޅު މިފަދަ ކަމެއް ކުރި ދެވަނަ ފަހަރެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް އެ ކުއްޖާ އަމިއްލަ އަށް އަތުގައި ކަޓަރު އަޅައި ޒަހަމް ކޮށްލި ކަމަށް އޭނާ ބުންޏެވެ.
މާލޭގެ އެހެން ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަންމަ ބުނީ ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރު ސްކޫލަށް ނުދާން އެކި ކަހަލަ ބަހަނާތައް ދައްކާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ސްކޫލަށް ނުދާ ދުވަސްތައް ގިނަވެ ހާޒިރީ ވަރަށް ބޮޑަށް ދަށްވުމުގެ އިތުރުން ކިޔެވުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ ކްލާހުގައި އުޅޭ އެހެން ކުދިން ދަރިފުޅު ބާކީކޮށްލާތީ އާއި ބުލީކުރާތީ އޭނާ އުޅުނީ ވަރަށް ބޮޑަށް ދެރަވެ އަދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ޣިޔާސުއްދީން ސްކޫލުގައި ބުލީކުރާ ވީޑިއޯއަކީ އަސްލެއް!
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!