ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2025
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް ވިދާޅުވީ، ސްކޫލުތައް އޭސީކޮށްދިނުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރި ދަތުރުފުޅުތަކުގައި ގިނަ ބަޔަކު އެދުނު ކަމަށެވެ. ރަށްރަށް ވަރަށް ހޫނު ކަމަށާއި އޭގެ ސަބަބުން ކިޔަވަން އުނދަގޫވާނެތީ، ސިޔާސަތެއްގައި ހިމަނައި ކްލާސްރޫމުތައް އޭސީކުރަން މި ސަރުކާރުން ނިންމީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ކްލާސްރޫމުތަކުގައި އޭސީތައް ހަރުކުރަން ފަންޑިން ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެމްވެ، މިހާރު އޮތީ ހަމައެކަނި އޭސީތައް ގަތުމުގެ މަސައްކަތްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ 217 ސްކޫލެއްގައި 3،604 ކްލާސްރޫމް އެބަހުއްޓެވެ.
ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި ކްލާސްރޫމުތައް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަމާޒުކުރަނީ ސެޕްޓެމްބަރު މަސް ތެރެއަށް ދާންވާއިރަށް ކޮށްދެވޭތޯ. ހަމަ ގައިމު ވެސް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު 800 އޭސީ ކްލާސްރޫމްތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އިތުރަށް 9،000 އޭސީ ބޭނުންވާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކްލާސްރޫމުތަކުގެ އިތުރުން ސްކޫލުގެ ހޯލުތައް ވެސް އޭސީކުރާށެވެ.
ރައީސް ވިދާޅުވީ ސްކޫލު ހޯލުތައް ބޭނުންކުރަނީ ހަމައެކަނި ސްކޫލު ބޭނުމުގައި އެކަނި ނޫން ކަމަށެވެ. އެ ތަންތަނުގައި ރަށު ފެންފަރުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަ އެވެ. ސްކޫލްތަކުގެ ހޯލުތައް އޭސީކުރަން ނިންމިއަސް ރައީސް ވިދާޅުވިގޮތުގައި މި އަހަރު އެކަން ހާސިލެއް ނުވާނެ އެވެ.
އެކަމަކު، އޭސީކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟