Roadha Mihaaru

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ހަވާލު ކޮށްފި

ދަރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން، ސްޕޯޓްސް މިނިސްޓްރީން ކުންފުނިތަކާ އެކު ސޮއި ކޮށްފި އެވެ.

ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

29 މާޗް 2025

ދަރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން، ސްޕޯޓްސް މިނިސްޓްރީން ކުންފުނިތަކާ އެކު ސޮއި ކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު އިއުލާން ކުރި މަޝްރޫތަކުގެ ތެރޭގައި ހިމެނެނީ އައުޓްޑޯ ޖިމް، ފިޓްނަސް އާއި ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް އާއި ފުޓްބޯޅަ ދަނޑުތަކުގެ އިތުރުން ބެޓްމިންޓަން އަދި ވޮލީބޯޅަ ކޯޓުތަކެވެ.

ކުޅިވަރުގެ މަޝްރޫތައް ހިންގުމަށް، ކުންފުނިތަކާ އެކު ސޮއި ކުރަން މިއަދު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކުޅިވަރުގެ މަޝްރޫތައް ހިންގުމަށް، ކުންފުނިތަކާ އެކު ސޮއި ކުރަން މިއަދު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި މަޝްރޫތައް ހިންގަން އެ މިނިސްޓްރީން ހަވާލު ކުރީ، އެމްޓީސީ، އާރްޑީސީ އަދި ފެނަކަ އާ އެވެ.

އެ މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރި އެ މަޝްރޫތަކަކީ ކުޅިވަރު މެދުވެރިކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފައްދައި މޮޅު ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް، ދެ އަހަރުތެރޭ މަގުފަހ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިދިޔަ ދޮޅު އަހަރުތެރޭ އެ މިނިސްޓްރީން ވަނީ ވަކިވަކި ރަށްރަށުގައި ކުޅިވަރުގެ އެކި މަޝްރޫތައް ހިންގުމަށް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ކުޅިވަރާގެ މަޝްރޫތައް ހިންގަން ހަވާލު ކުރި ފުރަތަމަ ފަހަރެވެ.