Roadha Mihaaru
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް

އަމީނީ މަގުގެ މަސައްކަތް އަލުން ފެށުމުން ބަސް ރޫޓަށް ބަދަލުތަކެއް

09 ޑިސެމްބަރ 2023

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މިއަދު ފެށުމުން އެމްޓީސީސީގެ ބަސް ރޫޓަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މިއަދު ފެށުމުން އެމްޓީސީސީގެ ބަސް ރޫޓަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.

އެމްޓީސީސީން ރޭ ނެރުނު ނޯޓިސްއެއްގައި ބުނީ އަމީނީ މަގުގެ މަސައްކަތް ނިމެންދެން މިއަދުން ފެށިގެން މާލޭގައި އާރްޓީއެލް ބަސް ދުއްވާ ރޫޓުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ބަހުގެ ރޫޓްތަކަށް ގެނައި ބަދަލު

• އަމީނީ ރޫޓްގެ ދަތުރުތައް ދެން ކުރާނީ އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށް ފަހު، އެ މަގުން މަޖީދީ މަގަށް އަޅައިގެން.

• އޯކިޑް ރޫޓްގެ ދަތުރުތައް ދެން ކުރާނީ މަޖީދީ މަގުން ގޮސް ވެސްޓް ޕާކް ބަސް ސްޓޮޕުން އަނބުރާލާ ގޮތަށް.

• ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ ބަސްތަކުގެ ދަތުރު ފަށާ އަދި ނިމޭ ބަސް ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް.

އާރުޓީއެލް ބަހެއް މަޖީދީ މަގުން ދަތުރުކުރަނީ: އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރުޓީއެލް ބަހެއް މަޖީދީ މަގުން ދަތުރުކުރަނީ: އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރުޑީސީން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް މިއަދު އަލުން މި ފެށީ ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް މެދުކަނޑާލައިފައި އޮތުމަށް ފަހު އެވެ. އަމީނީ މަގާއި އިއްޒުންދީން މަގާ ގުޅޭ ހިސާބަށް ތާރު އެޅުމަށް ފަހު މަސައްކަތް މެދުކަނޑާލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.

މަސައްކަތް އަލުން ފެށުމަށް ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އެ ސަރަހައްދަކީ އަމީނީ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެހެންވެ، އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމި އެވެ.