ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
19 ފެބުރުއަރީ 2024
ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ދެކުނުގެ ހަތަރު އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކަށް ހަވީރު ވަޑައިގެން ވަނީ މި ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ.
އެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ކުދި މަގުތަކުގައި ތާރު އަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި 50 މަގުގައި ތާރު އަޅާ ގޮތަށް ނިންމާފައިވާއިރު މިއީ 12.7 ކިލޯ މީޓާރު ސަރަހައްދެކެވެ.
އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީއާ ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 255.2 މިލިއަން ރުފިޔާ އަށެވެ.
ފުވައްމުލަކުގެ އެތެރޭގެ 50 މަގެއް ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ހަވީރު ބައިވެރިވެވަޑައިގެން އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ބައެއް މުވައްޒަފުންނާ ސަލާން ކުރައްވަނީ.
ފުވައްމުލަކު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިފަ އެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ 31 މަގެއްގައި ތާރު އަޅައިގެން ހަދާފައިވެ އެވެ. އެއީ 95،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ.
މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވައްސަކީ 331 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ބޮޑުފޮޅުދޫން ހިއްކާފައި އޮތް ބިން ކައުންސިލަށް
މާފަރު ފަޅު ޕިކްނިކް އައިލެންޑަކަށް ހަދަނީ
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ފޮއްދުއަށް ބަނދަރެއް؛ މިއީ 40 އަހަރުވީ އުއްމީދެއް