ބަނދަރަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ނ. ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
23 ޖުލައި 2025
ބަނދަރަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ނ. ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއީ، އެ ރަށުގެ ރައްޔިތުންގެ 40 އަހަރުވީ އުއްމީދެއް ހަގީގަަތަކަށް ވުމެވެ. ރާއްޖޭގައި ބަނދަރު ނެތް މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ފޮއްދޫ ރައްޔިތުން ލަފާފުރުމުގައި އުފުލަން ޖެހޭ ތަކުލީފް ހައްލުކޮށްދޭން ހުރިހާ ސަރުކާރުތަކަކަށް ހުށަހެޅި އެވެ.
އާބާދީގައި 504 މީހުން ދިރިއުޅޭ އަދި ލޯކަލް ޓޫރިޒަމްގައި މަޝްހޫރު ފޮއްދޫގައި ލަފާ ފުރަން މިހާރު ބޭނުންކުރަނީ ކޮންކްރީޓް ޖެޓީއެކެވެ.
ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. އެކަމަކު މިހާހިސާބަށް އައިއިރު ވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތި ހާލު ތަސައްވަރު ވެސް ނުކުރެވޭނެ. އެހާ ހިތްދަތި ވޭނުގައި މި އުޅެނީ. -- ކައުންސިލް
ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ފޮއްދުއަށް ވަޑައިގެން ބަނދަރު ހެދުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ފޮއްދޫގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ އެ ރަށުގައި ބަނަދަރެއް ނެތި ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ބަނދަރަކަށް އިންތިޒާރުކުރާތާ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށަނީ-- ފޮޓޯ: ރައީސް އޮފީސް
"ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. އެކަމަކު މިހާހިސާބަށް އައިއިރު ވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތިހާލު ތަސައްވަރު ވެސް ނުކުރެވޭނެ. އެހާ ހިތްދަތި ވޭނުގައި މި އުޅެނީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭން، އެދި ކައުންސިލާއި އާއްމުންގެ ތެރެއިން ބަޔަކު ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މިއަދު އެކަން ހަގީގަތަށް ވެއްޖެ ކަމަށެވެ. ފޮއްދޫގެ ރައްޔިތުން އެދޭ ފަދަ ބަނދަރެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް ދެއްވެވި ކަމަށް މުހައްމަދު މޫސާ ވިދާޅުވި އެވެ.
ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމްޓީސީސީން މިއަދު އަމަލީ މަސައްކަތް ފެށި ފޮއްދޫ ބަނދަރުގެ އަގަކީ 53.7 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެ ބަނދަރު ފުންކޮށް 460 މީޓަރުގެ ވާޓަރާއި ބޭރު ތޮށި ހެދުމާއި ބަނދަރުގެ ޕޭވްމެންޓް ހެދުމާއި މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. ބޭރު ތޮއްޓާ އިންވެގެން ޑިންގީ ކަހަލަ ކުދި އުޅަނދުތައް އެޅުމަށް 150 މީޓަރުގެ ޖެޓީއެއް ހެދުމާ އެކު ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރުން އެ މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ބޮޑުފޮޅުދޫން ހިއްކާފައި އޮތް ބިން ކައުންސިލަށް
މާފަރު ފަޅު ޕިކްނިކް އައިލެންޑަކަށް ހަދަނީ
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދުއަށް ލިބޭ ގޮތް ހަދަނީ