ގދ. ފަރެސްމާތޮޑާގެ އިންޖީނުގެ އިން ނުކުންނަ ދުމާ ހެދި އެ ރަށު ސްކޫލުގެ ދަރިވަރުންނަށް ކިޔަވަން އުނދަގޫވެފައިވާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
12 ޖުލައި 2018
ގދ. ފަރެސްމާތޮޑާގެ އިންޖީނުގެ އިން ނުކުންނަ ދުމާ ހެދި އެ ރަށު ސްކޫލުގެ ދަރިވަރުންނަށް ކިޔަވަން އުނދަގޫވެފައިވާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ ސްކޫލްގެ ބެލެނިވެރިއަކު ބުނީ، އިންޖީނުގެ އިން ނުކުންނަ ދުމުގެ ސަބަބުން އުނދަގޫވާތީ އެކަން ހައްލު ކޮށްދިނުމަށް ސްކޫލުގައި އެދެމުން ދާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ނުލިބުމުން މިއަދު ވަނީ ވިއްސަކަށް ބެލެނިވެރިން ނިކުމެ އެ ސްކޫލްގެ ގޭޓުގައި ތަޅު ވެސް އަޅުވައިފަ އެވެ.
އެކަމަކު، ތަޅު އެޅުވިތާ ދެ ތިން ގަޑިއިރު ފަހުން އެ ވަނީ ނައްޓުވައިފަ އެވެ. މިއަދަކީ ޓީޗަރުން ތަމްރީން ހަދާ ދުވަހަކަށް ވުމުން ފަރެސްމާތޮޑާ ސްކޫލް ގައި ތިބީ ޓީޗަރުން އެކަންޏެވެ.
ފަރެސްމާތޮޑާގައި ހުންނަ ފެނަކަ އިންޖީނުގެ ހުންނަނީ އެ ރަށު ސްކޫލާ ވަރަށް ކައިރީގަ އެވެ.
"އިންޖީނުގެ އިން ނިކުންނަ ދުމުގެ އަސަރުކޮށް ބައެއް ކުދިން ސްކޫލްތެރެ އަށް ހޮޑުލުމާއި ބޮލަށް އެނބުރުން ފަދަ ކަންތައްތައް އާއްމު. އަދިި ބައެއް ދަރިވަރުންނަށް ނޭވާލުމުގައި ވެސް މައްސަލަތަކެއް ދިމާވެ ކިޔަވަން އުނދަގޫވޭ،" ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަދެއްކި ބެލެނިވެރިއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ދުމާ ހެދި ދަރިވަރުންގެ އިތުރުން ޓީޗަރުންނަށް ވެސް އެކި މައްސަލަތައް ދިމާވަމުން ދާ ކަމަށެވެ. "އަހަރުތަކެއް ވެއްޖެ މި ކަމަށް ހައްލު ހޯދައިދޭން ސްކޫލާއި މިނިސްޓްރީގައި އެދެމުން ދާތާ. ސްކޫލުން ބުނަނީ މަސައްކަތް ކުރަމުންނޭ މި އަންނަނީ. އެކަމަކު، މަސައްކަތް ކުރާ ކަމުގައި ވާ ނަމަ ހައްލެއް ހޯދިފައި ހުންނާނީ،" ބެލެނިވެރިއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި، ސްކޫލްގެ ގޭޓުގައި މިއަދު ތަޅު އެޅުވުމުން، ދުމުގެ މައްސަލަ އަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހައްލެއް ހޯދައިދޭނެ ކަމަށް އިންޖީނުގެ އިން ވަނީ ބުނެފަ އެވެ. އެހެންވެ، ހަފުތާއެއްގެ މުއްދަތެއް ދިނުމަށް ފަހު އެކަން ރަނގަޅު ނުވެއްޖެ ނަމަ އަނެއްކާ ވެސް ތަޅު އަޅުވާނެ ކަމަށް ބުންޏެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ފަރެސްމާތޮޑާ ސްކޫލްގައި އުޅެނީ 200 އެއްހާ ދަރިވަރުންނެވެ.
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު