24 ސެޕްޓެމްބަރ 2024
ރަސްމީ ފާލަމުގެ މަސައްކަތްތައް އަންނަ މަހުން ފެށިގެން ހަލުވިކޮށް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ރަސްމީ ފާލަމުގެ މަސައްކަތްތައް އަންނަ މަހުން ފެށިގެން ހަލުވިކޮށް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަސްމީ ފާލަމުގައި މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ބީމްގެ މަސައްކަތްތައް ކަމަށެވެ. އަދި މިހާރު މަޑުކޮށްގެން ތިބީ ސްޓްރަކްޗާ ޑަބްލިއުޕީސީ ޕައިޕްތަކާއި ފިލާގެ ބައެއް ތަކެތި ލިބޭނެ ދުވަހަކަށް ކަމަށާއި އޭގެ ޕްރޮކިއުމަންޓް ޕްރޮސެސް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ވެސް އެމްޓީސީސީއިން ބުނީ މަސައްކަތް މަޑުޖެހިފައި އޮތީ ބޭރުން ގެންނަން ޖެހޭ ސާމާނު ރާއްޖެއަށް ނުގެނެވި، ލަސްވުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ތަކެތި ލިބޭނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެ ތަކެތި ލިބުމުން މަސައްކަތް ވަރަށް ބޮޑަށް ހަލުއިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކުރަން އެ ތަން ރޫޅާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ކުރީގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އެ މަސައްކަތްތައް ފެށީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ.
ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، މުޅި ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވީ ޖުލައި، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށްފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިފަހަރު އެ ތަން ހަދަނީ 1950 ގައި ރަސްމީ ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.
ރަސްމީ ފާލަމުގެ ސްޕީޑު މަޑުޖެހިފައި، އަވަސްވާނީ ތަކެތި އައުމުން
އާޓިފިޝަލް ބީޗު ޕާކަކަށް ހަދައި ރޯދަޔަށް ހުޅުވަނީ
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ފަށައިފި
ވިއްސާރާގައި ރަސްމީ ފާލަމުގެ ސަތަރިއެއް އެއްލާލައިފި
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
"ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް"
ރަސްމީ ފާލަން ފެންނާނީ 1950ގެ ސްޓައިލަށް
އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ
ރަސްމީ ފާލަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތު ކުރަނީ