ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
10 ޖުލައި 2025
ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުން ކުރުމާއ، 3,990 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރުމާއި 145 މީޓަރުގެ ބޭރު ތޮށިލާނެ ކަމަށެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ދިގު އެއްގަމު ތޮށިލުމާއެކު 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އެ މަޝްރޫއުކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފޮއްދޫ އަކީ 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި ބަނދަރެއް ނެތުމަކީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ލަފާ ފުރުމުގައި ގިނަ ދަތިތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ރަކަށީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވުމުން މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމްއަށް އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއަކީ އުމްރާނީ ތަރައްގީީގެ މިފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގަމުންދާ ކުންފުންޏެކެވެ.
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ތުޅާދޫ އެއާޕޯޓު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ފޮއްދުއަށް ބަނދަރެއް؛ މިއީ 40 އަހަރުވީ އުއްމީދެއް
އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދިނުމުގެ ހުކުމެއް
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ