Roadha Mihaaru
އާޓިފިޝަލް ބީޗު ޕާކަކަށް ހަދައި ރޯދަޔަށް ހުޅުވަނީ

އާޓިފިޝަލް ބީޗު ޕާކަކަށް ހަދައި ރޯދަޔަށް ހުޅުވަނީ

17 އެޕްރީލް 2019

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދަޔަށް އެތަން ހުޅުވުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދަޔަށް އެތަން ހުޅުވުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު، "މިހާރު" އަށް ވިދާޅުވީ ރޯދަޔަށް މަސައްކަތް ނިންމައިދިނުމަށް ރައީސް އޮފީހުން އެދިފައިވާތީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗްގެ މޫދަށް އެރޭ ސަރަހައްދު ފުން ކުރަނީ: ރޯދަޔަށް ޕާކަކަށް ހަދައި އެ ތަން ހުޅުވުމަށް ވަނީ ނިންމާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާޓިފިޝަލް ބީޗްގެ މޫދަށް އެރޭ ސަރަހައްދު ފުން ކުރަނީ: ރޯދަޔަށް ޕާކަކަށް ހަދައި އެ ތަން ހުޅުވުމަށް ވަނީ ނިންމާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރޯދައިގެ ކުރިން އެ ސަރަހައްދުގައި އިތުރު ގަސް އިންދައި އިށީންނާނެ ބެންޗްތައް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ. މޫދަށް އެ ރޭ ސަރަހައްދު އިތުރަށް ފުންކުރުމަށާއި ލައިފް ގާޑުން ތިބޭނެ ޕޯސްޓްތަކެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

"އެންމެ ފުރިހަމައަށް ނުވި ނަމަވެސް ރޯދަޔަށް އެ ސަރަހައްދު ޕާކަކަށް ހަދައި ހުޅުވޭ ވަރު ކުރެވޭނެ،" ޝާހް ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ: ރޯދަޔަށް ޕާކަކަށް ހަދައި އެ ތަން ހުޅުވުމަށް ވަނީ ނިންމާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ: ރޯދަޔަށް ޕާކަކަށް ހަދައި އެ ތަން ހުޅުވުމަށް ވަނީ ނިންމާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާޓިފިޝަލް ބީޗްގެ ސްޓޭޖް ތަޅާލައި އެސަރަހައްދުގެ ގަސްތައް ކެނޑީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރު ވެސް އެކަން އޮތީ ނުވެ އެވެ.

ބްރިޖު ހުޅުވުމާއެކު އެ ސަރަހައްދުގެ މަގުތަކުގައި ޕާކް ނުކުރެވޭތީ ފަހުން ގިނަ ބަޔަކު އާޓިފިޝަލް ބީޗް ބޭނުންކުރީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ސަރަހައްދު ތަރައްގީކުރުމަށް މިހާރު ވަނީ އެ ތަން ހުސްކޮށްފަ އެވެ.