ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ޕްރިމިއާ ލީގު ނުވަތަ އެއްވަނަ ޑިވިޝަނުން ފުރުސަތު ދޫކޮށްލުމުން، އެ ޖާގަ ލިބޭ ނިއު ރޭޑިއަންޓަށް، އެ ފުރުސަތު ކަށަވަރުވާނީ އެފްއޭއެމްގެ އެކްސްކޯއިން ނިންމާ ނިންމުމަކުންކަން ގަވާއިދުގައި ބުނެފި އެވެ.
25 އޯގަސްޓް 2025
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ޕްރިމިއާ ލީގު ނުވަތަ އެއްވަނަ ޑިވިޝަނުން ފުރުސަތު ދޫކޮށްލުމުން، އެ ޖާގަ ލިބޭ ނިއު ރޭޑިއަންޓަށް، އެ ފުރުސަތު ކަށަވަރުވާނީ އެފްއޭއެމްގެ އެކްސްކޯއިން ނިންމާ ނިންމުމަކުންކަން ގަވާއިދުގައި ބުނެފި އެވެ.
ނިއު ރޭޑިއަންޓްގެ މެނޭޖްމެންޓާ އެކު ހެދި ކަމަށް ބެލެވޭ ޑީލެއްގެދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަނުކުރާނެކަން އެފްއޭއެމަށް އަންގައިފަ އެވެ.
އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 10 އެއް ކަމަށެވެ. ސަސްއިން ލީގުން ވަކިވާން ނިންމުމުން، އެއްވަނަ ޑިވިޝަނުގައި އޮތް ޓީމުތަކުގެ އަދަދު ވަނީ ނުވަ ކްލަބަށް ތިރި ވެފަ އެވެ.
އަސާސީ ގަވާއިދުގައި ބުނާ އަދަދަށް ޓީމު ހަމަކުރުމުގެ އިހްތިޔާރު އެކްސްކޯ އަށް ލިބެ އެވެ.
ލީގުގެ އާ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނެފައި ވަނީ ލީގު ފެށުމުގެ ކުރިން ޓީމެއް ވަކިވެއްޖެނަމަ އެ ކްލަބެއް ނިސްބަތްވާ ސަރަހައްދީ ލީގުގައި ދެން އޮތް ކްލަބްތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"...މުބާރާތް ފެށުމުގެ ކުރިން ޓީމެއް ވަކިވެއްޖެނަމަ އެ ޓީމެއް ނިސްބަތްވާ ރީޖަންގެ ރީޖަނަލް ލީގުގެ ދެން އެންމެ މޮޅު ޓީމަށް ލީގުން ފުރުސަތު ދިނުމާ މެދު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމަން ވާނެ އެވެ،" ދިވެހި ލީގުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދެވަނަ ނުކުތާގައި ބުނެފައި ވެއެވެ.
މި ވަގުތު ރާއްޖޭގެ ލީގު އޮތީ މާލޭ ސަރަހައްދުގެ ޓީމުތަކަށް އެކަންޏެވެ. މާލެ ސަރަހައްދުގެ ސަރަހައްދީ ލީގަކީ މިހާރު އޮތް ދެވަނަ ޑިވިޝަނެވެ.
އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިޔަ އޮޑި ސްޕޯޓްސް އާއި ވިކްޓަރީ އަށް އެއްވަނަ ޑިވިޝަނުގެ ސީދާ ޖާގަ ކަށަވަރުވި އެވެ. ލީގުން ހުސްވި ޖާގަ ދެން ލިބޭނީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބުނު ޓީމަށެވެ.
ސެމީ ފައިނަލުގައި ވިކްޓަރީ އާއި އޮޑި އާ ވާދަކުރީ ނިއު އާއި ޓެންޓެވެ. ބައިކޮޅަށް ވަން ލަނޑުގެ ފަރަގުން ނިއު އަށް ކުރި ލިބެ އެވެ. އެ ޓީމު ކޮޅަށް ވަން ލަނޑުގެ އަދަދު، ޓެންޓް ކޮޅަށް ވަދެފައިވާ ލަނޑުގެ އަދަދަށް ވުރެ މަދެވެ.
އެހެންވެ އެ ޖާގަ ލިބޭނީ ނިއު އަށެވެ. އެކަމަކު އެ ޖާގަ ކަށަވަރު ވާނީ އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރުމުންނެވެ.
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
ލީގުން ވަކިވާން ނިންމިކަން ސަސްއިން އަންގައިފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ލީގަށް ހާއްސަކޮށް ނޭޕާލުން ހަތަރު ރެފްރީން ގެނެސްފި
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ފުޓްބޯޅައިން މި ފެށީ "ނުބައި ޕްރެކްޓިހެއް"