ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު، މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސާކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު، މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސާކޮށްފި އެވެ.
މެދުކެނޑުމަކަށް ފަހު ފަށާ މި މުބާރާތުގެ ޓައިލް ސްޕޮންސަރަކަށް ދިރާގު ހަމަޖެހުމާ އެކު މުބާރާތް ކުރިއަށްދާނީ "ދިރާގު ދިވެހި ޕްރިމިއާ ލީގު" ގެ ގޮތުގަ އެވެ.
ދިރާގުން ވަނީ 2000 ވަނަ އަހަރު ތައާރަފުކުރި ދިވެހި ޕްރިމިއާ ލީގު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސްޕޮންސާކޮށްފަ އެވެ.
މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ 5 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އެންމެ ވަރުގަދަ 10 ކްލަބް ވާދަކުރާނެ އެވެ. އެއީ މާޒިޔާ، ވެލެންސިއާ، ވިކްޓްރީ، ނިއު ރޭޑިއަންޓް، ޔުނައިޓެޑް ވިކްޓްރީ، އީގަލްސް، ޓީސީ، ބުރު، ގްރީންސްޓްރީޓްސް، އަދި އޮޑި ސްޕޯޓްސް އެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
"ފުޓްބޯޅަ އަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީ ހިނދު، ފުޓްބޯޅަ އަށް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި، ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް،" އަލީ ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވައި، ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރާ ކަމަށެވެ.
"ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކޮށްލަން،" ޓޮމް ވިދާޅުވި އެވެ.
ދިރާގަކީ ފުޓްބޯޅައިގެ ވަރަށް ގިނަ ހަރަކާތްތަކަށް އަބަދުވެސް ސްޕޮންސާ ދޭ ކުންފުންޏެކެވެ. އެގޮތުން 2008 ގައި ރާއްޖެ އާއި ސްރީ ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ވެސް އެ ކުންފުނިން ސްޕޮންސާދިނެވެ.
ދިވެހި ލީގު: ތިން ވަނަ ބުރުގައި އަށް ޓީމު ކުޅޭނެ
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު 8 ގައި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހު؟
ލައިސަންސް ހޯދަން ނިލަންދޫ އަށް ފަހު ފުރުސަތުދީފި
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް މި ފަހަރު ދިރާގު
ލީގަށް ހާއްސަކޮށް ނޭޕާލުން ހަތަރު ރެފްރީން ގެނެސްފި
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
ނިއުއަށް ޖާގަ ކަށަވަރު ވާނީ އެފްއޭއެމްން ފާސްކުރުމުން
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
ރީޖަނަލް ލީގާއެކު މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކޮށްފި