ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭ ގޮތަށް، ޑޮމެސްޓިކް ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލައި، އެފްއޭއެމުން ރޭ ފުޓްބޯޅަ ކަލަންޑަރު ރޭ ނެރެފި އެވެ.
06 އޯގަސްޓް 2025
ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭ ގޮތަށް، ޑޮމެސްޓިކް ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލައި، އެފްއޭއެމުން ރޭ ފުޓްބޯޅަ ކަލަންޑަރު ރޭ ނެރެފި އެވެ.
ދާދި ފަހުން އިންތިހާބުކުރި އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލި މި ސިސްޓަމުގެ ދަށުން ފަށާ އާ ސީޒަން ހުޅުވާނީ އަންނަ ސެޕްޓެމްބަރު 15 ވަނަ ދުވަހު ބާއްވާ ޗެރިޓީ ޝީލްޑް މެޗުންނެވެ. ދިވެހި ޕްރިމިއާ ލީގު ފަށާނީ އޭގެ ދެ ދުވަސް ފަހުން ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. އަތޮޅު ކޮލިފައިން ފަށާނީ އޮކްޓޯބަރު 1 ވަނަ ދުވަހު އެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ މާޒިޔާ، އީގަލްސް، ބުރު، ގްރީންސްޓްރީޓްސް، ޓީސީ، ސަސް، ޔުނައިޓެޑް ވިކްޓްރީ، ވެލެންސިއާ، ވިކްޓްރީ، އަދި އޮޑި އެވެ.
އާ ސިސްޓަމުގެ ދަށުން ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ރީޖަނަލް ހަތަރު ލީގު އޮންނާނެ އެވެ. އެއީ މާލޭ ލީގު، ނޯތު ލީގު، ސެންޓްރަލް ލީގު، އަދި ސައުތު ލީގެވެ.
މީގެ ތެރެއިން ނޯތު ލީގު، ސެންޓްރަލް ލީގު، އަދި ސައުތު ލީގަށް ކޮލިފައިވާނީ އަތޮޅު ބުރެއް ކުޅެ އޭގެ ޗެމްޕިއަންކަމާއި، ރަނަރަޕްކަން ހޯދާ ޓީމުތަކުގެ ސަބް ޒޯން ބުރެއް ކުޅެ އޭގެ ގަދަ ދެ ޓީމެވެ. މާލޭ ލީގަށް ކޮލިފައިވާނީ ތިން ވަނަ ޑިވިޝަނެއް ކުޅެ އޭގެންނެވެ.
މި ހަތަރު ރީޖަނަލް ލީގުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރަށެވެ. މި ބުރުގައި ވާދަކުރާނީ އެ ހަތަރު ޓީމުގެ އިތުރުން، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމެވެ. މި ބުރުގެ އެންމެ ގަދަ ހަތަރު ޓީމާ އެކު އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ މި ސީޒަނުގެ ލީގުގެ ގަދަ ހަ ޓީމެވެ. ދިވެހި ޕްރިމިއާ ލީގުގެ 10 ޓީމުގެ ތެރެއިން އެންމެ ފުލަށް ދާ ދެ ޓީމު، އެ ދެ ޓީމެއް ނިސްބަތްވާ ރީޖަނަލް ލީގަކަށް ރެލިގޭޓްވާނެ އެވެ.
- އުތުރުގެ ސަބް ޒޯން 1: ހއ. ހދ. އަދި ށ.
- އުތުރު ޒޯން 2: ނ. ރ. ބ. އަދި ޅ.
- ސެންޓްރަލް ޒޯން 1: ކ. އއ. އަދި އދ.
- ސެންޓްރަލް ޒޯންގެ 2: ވ. މ. ފ. އަދި ދ.
- ދެކުނު ޒޯންގެ 1: ތ. ލ. އަދި ގއ.
- ދެކުނު ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ (ކޮންމެ އަތޮޅަކުން ޗެމްޕިއަން އާއި ރަނަރަފް ޓީމު ސަބް ޒޯން މުބާރާތަށް ކޮލިފައި ވާނެ. އަދި ތިން ސަރަހައްދުން ވެސް ސަބް ޗެމްޕިއަން އަދި ރަނަރަފް ސަރަހައްދީ ލީގަށް ކޮލިފައި ވާނެ)
އެފްއޭއެމްގެ ކަަލަންޑަރަށް ބަލާއިރު ދެން އެންމެ ފާހަގަކުރެވެނީ 10 އަހަރަށް ފަހު އަންހެން ފުޓްބޯޅަ މުބާރާތެއް ފަށަން ހަމަޖައްސާފައި އޮތުމެވެ. މި މުބާރާތް ފަށާނީ ޑިސެމްބަރު 1 ގަ އެވެ. އަދި އަންނަ އަހަރުގެ އޭޕްރިލް 10 ވަނަ ދުވަހަށް ބީޗް ސޮކާ މުބާރާތެއް ފަށަން ވެސް ވަނީ ތާވަލުކޮށްފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރާ ދިމާކޮށް ބާއްވާ ބައިިނަލްއަގްވާމީ މުބާރާތް ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން އަށެވެ.
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
ދިވެހި ލީގު އެފްއޭމުން ނެރެ ޕްރައިވެޓައިޒްކުރަންވީ!
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމް ބަދަލުކޮށްދިންނަމަ ކްލަބްތަކަށް އެހީވީމުސް
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ