20 ޑިސެމްބަރ 2023
އިއްޔެ ނިމުނު، މި އަހަރުގެ ދިވެހި ޕްރިމިއާ ލީގަކީ، 2000 ވަނަ އަހަރު ލީގު ތައާރަފު ކުރި ފަހުން ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ސީޒަނެވެ. ފުޓްބޯޅަ ނުކުޅެ ހަތް މަސް ދުވަހު ތިބުމަށް ފަހު ފެށި ސީޒަންގައި، ނެގި ބްރޭކް ގާތްގަނޑަކަށް 80 ދުވަހަށް ދެމިގެން ދިޔަ އެވެ. ލީގުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން ދެ ޓީމު މުބާރާތުން ވަކިވި އެވެ. ފުޓްބޯޅަ އަށް މި ކުރިމަތިވި ގޮންޖެހުންތަކުގައި ސަރަހައްދީ ފުޓްބޯޅައިގައި ވެސް ރާއްޖެގޭ މަގާމު ގަނބައިގެން ދިޔަ އެވެ.
އިއްޔެ ނިމުނު، މި އަހަރުގެ ދިވެހި ޕްރިމިއާ ލީގަކީ، 2000 ވަނަ އަހަރު ލީގު ތައާރަފު ކުރި ފަހުން ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ސީޒަނެވެ. ފުޓްބޯޅަ ނުކުޅެ ހަތް މަސް ދުވަހު ތިބުމަށް ފަހު ފެށި ސީޒަންގައި، ނެގި ބްރޭކް ގާތްގަނޑަކަށް 80 ދުވަހަށް ދެމިގެން ދިޔަ އެވެ. ލީގުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން ދެ ޓީމު މުބާރާތުން ވަކިވި އެވެ. ފުޓްބޯޅަ އަށް މި ކުރިމަތިވި ގޮންޖެހުންތަކުގައި ސަރަހައްދީ ފުޓްބޯޅައިގައި ވެސް ރާއްޖެގޭ މަގާމު ގަނބައިގެން ދިޔަ އެވެ.
މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދައި ދިން ކޯޗު، ސާބިއާގެ މިލޯމިރް ސެސިލިއާ (މިލޯ) އެ ޓީމުގައި ހުންނާނެ ކަމެއް އޭނާ އަކަށް ނޭނގެ އެވެ. އޭނާ ޓީމުގައި ބަހައްޓާނީތޯ ބުނާކަށް މާޒިޔާ އަކަށް ވެސް ނޭނގެ އެވެ. ރަނަރަފް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަށް ވެސް، އޭނާ އެ ޓީމުގައި ހުންނާނެތޯ ބުނަން އަދި އަވަހެވެ.
އާ ސީޒަނާ މެދު ޕްލޭނެއް ކުރާނެ ކްލަބެއް ނެތެވެ. ޕްލޭނެއް ކުރަން ވެސް އެނގޭނީ އާ ސީޒަން ފަށާނެ ދުވަހެއް އެނގިގެންނެވެ. ރާއްޖޭގައި ވިދިވިދިގެން ދިގު މުއްދަތަކަށް ކޯޗަކު އެއް ޓީމެއްގައި ނުހުރެ އެވެ.
މިލޯ ބުނި ގޮތުގައި އޭއެފްސީ ކަޕްގައި މާޒިޔާއާ ވާދަ ކުރަން އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ އޮޑިޝާ އަދި މޯހަން ބަގާންގައި އެއް ކުޅުންތެރިންތަކެއް ތިބެ އެއް ކޯޗަކާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުގެ ސިސްޓަމެއް އެ ކްލަބްތަކުގައި އޮތުމަކީ ވެސް އެ ޓީމުތަކަށް އޮތް އެޑްވާންޓޭޖެކެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން): އޭނާ ބުނީ އަންނަ ސީޒަނުގައި އޭނާ ހުންނާނެތޯ ބުނަން އަދި އަވަސް ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު ރާއްޖޭގައި އެހެނެއް ނޫނެވެ. ކްލަބަކަށް ޕްލޭނެއް ނުހެދެ އެވެ. ގިނަ ކްލަބްތަކުގައި އެއް ޕްރޮޖެކްޓެއް އެކުލަވާލައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ނޯވެ އެވެ. ވަކި ހިސާބަކުން ޓާގެޓާއި ޕްރޮޖެކްޓް ވެސް ބަދަލުވެ އެވެ.
"މި ތާންގައި ކިހިނެއް ޕްލޭން ކުރާނީ. މި ނިމުނީ ސީޒަން، އަންނަ ސީޒަން ފަށާނީ ކޮން އިރަކު ކަމެއް ވެސް ނޭނގެ. ދުނިޔޭގެ އެހެން ތަންތާންގަނަމަ މިހާރު އޮންނާނީ ސީޒަން ފަށާނެ ތާރީހު އެނގިފަ. ސީޒަން ނިމޭތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކުރިއަށް އޮންނަ ސީޒަނުގައި ކުޅެން ޖެހޭނެ މެޗުތަކުގެ ޝެޑިއުލް އޮންނާނީ ނެރަފަ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި ފުޓްބޯޅައިގެ އިސް އޮފިޝަލަކު ބުންޏެވެ.
"އެކަމަކު މިތާންގަ ވަނީ އެހެންތަ. ލީގުގައި ތިން ބުރު ކުޅެން ނިންމާފަ އޮންނަނީ. އެކަމަކު ދެވަނަ ބުރުގެ ވަކި ހިސާބަކުން މި ނިންމަނީ ތިންވަނަ ބުރެއް ނޯންނާނެޔޭ. އެފްއޭ ކަޕެއް ނުބާއްވާ."
ލީގު ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން: މާޒިޔާ ވަނީ އެ މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ދިފާއު ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ ކްލަބަކުން ޕްރޮޖެކްޓެއް އެކުލަވާލައިގެން ކޯޗަކާ އެކު އެއްބަސްވުން ހަދައި އަވަހަށް މަސައްކަތް ފެށަން ބޭނުން ވިޔަސް އެ ހާލަތެއް ރާއްޖޭގެ ފުޓްބޯޅައިގައި ނެތް ކަމަށެވެ.
"ދުރާލައި ބިދޭސީ ކުޅުންތެރިނާންނާއި ކޯޗަކު ހަމަޖައްސައިގެން އެއްބަސްވުން ހެދިޔަސް، ތިބެން ޖެހިދާނެ ސީޒަން ފަށާނެ ދުވަހެއް ނޭނގިފަ. އެކަމަކު އެ ކޮންޓްރެކް ހަދާ ހިސާބުން ފެށިގެން މުސާރަ ހިނގާނެ،" އޭނާ ބުންޏެވެ.
ލީގުގައި ވާދަވެރި ކަމެއް ނެތެވެ. މިލޯ ބުނީ ގައުމީ ޓީމަށް ކުރިއަށް ނުދެވެނީ ވެސް ލީގު ވަރުގަދަ ނުވުމުން ކަމަށެވެ. ބަންގްލަދޭޝް އަށް އެކަން ވިސްނި އެ ގައުމުން ލީގު ވަރުގަދަ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ ނަތީޖާ އެ ގައުމުގެ ގައުމީ ޓީމުން ފެންނަ ކަމަށް އެ ގައުމުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމް ބަދަލުކޮށްދިންނަމަ ކްލަބްތަކަށް އެހީވީމުސް
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ
ލީގު މެދުކަނޑާލީ ގޯތީގެ ގުރުއަތު ދަނޑުގައި ބާއްވާތީ
ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ފުޓްބޯޅަ ގޯހުންގޯހަށް
ދިވެހި ލީގު ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ
ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް
ފަސް ބަދަލަށް ރާއްޖޭގެ ފުޓްބޯޅަ ދީލާލަން ޖެހޭ: ސާންތީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ