ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަން އެފްއޭއެމުން ނޭޕާލުގެ ހަތަރު ރެފްރީއަކު ގެނެސްފި އެވެ.
ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަން އެފްއޭއެމުން ނޭޕާލުގެ ހަތަރު ރެފްރީއަކު ގެނެސްފި އެވެ.
ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުގެ އެހީއާ އެކު އެފްއޭއެމުން ގެނައީ ފީފާ ސެޓިފައިޑް ތިން ރެފްރީންނާއި، ނެޝަނަލް ލެވެލް ރެފްރީއެކެވެ.
އެފްއޭއެމުން ބުނީ ނޭޕާލް ރެފްރީން ގެނައުމުގެ ބޭނުމަކީ، ކްލަބް ފުޓްބޯޅަ ހުއްޓިފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން ފަށާއިރު ދިވެހި ރެފްރީންނަށް ވެސް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދިނުމަށް ކަމަށެވެ.
"އަދި ބޭރުގެ ތަޖުރިބާކާރު ރެފްރީންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ރެފްރީންނަށްދީ ދިވެހި ރެފްރީންގެ ގާބިލްކަން އިތުރުކުރުމަށެވެ،" އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އެފްއޭއެމުން ވަރަށް ގިނައިން ބޭރު ރެފްރީން ގެނެ އެވެ. ކުރިން ފައިނަލް މެޗުތަކަށް ހާއްސަކޮށް ވެސް ބޭރުން ރެފްރީން ގެނެ އެވެ.
އެފްއޭއެމުން ބުނީ އަބަދުވެސް އިސްކަން ދެނީ ދިވެހި ރެފްރީންނަށް ބޭނުންވާ ތަމްރީނާ ތަޖުރިބާ ދީ ދިވެހި ރެފްރީންގެ ގާބިލުކަން އިތުުރުކުރަން ކަމަށާއި، އާ ސީޒަނާ އެކު ދިވެހި ރެފްރީންގެ ގާބިލްކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮގްރާމް ރާވައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު މިރޭ ފަށާނީ މާޒިޔާ އާއި އީގަލްސްގެ މެޗުންނެވެ.
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
ނިއުއަށް ޖާގަ ކަށަވަރު ވާނީ އެފްއޭއެމްން ފާސްކުރުމުން
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
ރީޖަނަލް ލީގާއެކު މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކޮށްފި
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
ދިވެހި ޕްރިމިއާ ލީގު ފަށާނީ ރޯދައިގެ ފަހުން؟
ދިވެހި ލީގު އެފްއޭމުން ނެރެ ޕްރައިވެޓައިޒްކުރަންވީ!
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ