17 އެޕްރީލް 2022
ރެފްރީންގެ ނިންމުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާގައި ވާހަކަދެއްކުން އެފްއޭއެމުން ކޯޗުންނަށް މަނާ ކުރި އެވެ. އެފްއޭއެމުން އެގޮތަށް އެންގީ ރެފްރީންގެ ނިންމުމަކާ ބެހޭގޮތުން ކަންބޮޑުވުމެއް އޮތް ނަމަ އެކަން ހުށަހެޅޭނެ އެހެން އިންތިޒާމުތައް ގަވާއިދުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
ރެފްރީންގެ ނިންމުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާގައި ވާހަކަދެއްކުން އެފްއޭއެމުން ކޯޗުންނަށް މަނާ ކުރި އެވެ. އެފްއޭއެމުން އެގޮތަށް އެންގީ ރެފްރީންގެ ނިންމުމަކާ ބެހޭގޮތުން ކަންބޮޑުވުމެއް އޮތް ނަމަ އެކަން ހުށަހެޅޭނެ އެހެން އިންތިޒާމުތައް ގަވާއިދުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
މިދިޔަ ސީޒަންގެ ފުޓުބޯޅަ މެޗުތަކުގެ ޕްރެސްތަކުގައި ރެފްރީންނާ ބެހޭގޮތުން ސުވާލުކުރުމުން ބައެއް ކޯޗުން އެއަށް ޖަވާބުދޭން ދެކޮޅު ހެދި އެވެ. އެކަމަކު އެކަމާމެދު ހިތްހަމަނުޖެހި އީގަލްސްގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ އެފްއޭއެމްގެ "އޯޑަރު" މުގުރާލާފައި ރެފްރީންނާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
"ވެލެންސިއާއާ ދެކޮޅަށް ކުޅޭ ކޮންމެ ދުވަހަކު މިކަހަލަ ކޮންމެ ވެސް ކަމެއް އެބަ ދިމާވޭ،" މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ޕްރެސްގައި ވާހަކަ ދައްކަމުން ނިސްތާރު ބުނެފައިވެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ރެފްރީއާ މެދު މުއާމަލާތްކުރި ގޮތުން، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް ނިސްތާރުއާ ސުވާލު ވެސް ކުރި އެވެ. އެކަމަކު އޭނާ އަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. ޕްރެޒިޑެންޓްސް ކަޕުގެ ވަކި ހިސާބަކުން މެޗުތަކުގެ ޕްރެސް ބޭއްވުން އެފްއޭއެމުން ހުއްޓާލި އެވެ. ރެފްރީންނާ ބެހޭގޮތުން ވާހަކަ ދައްކާ އަޑެއް ވެސް ފުޓުބޯޅައިގެ އެހެން ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާ އަޑެއް ވެސް މިހާރު ކޯޗުންގެ ފަރާތުން ނީވެ އެވެ.
ރެފްރީންގެ މައްސަލަ މިހާރު ތިލަވާން ފެށީ ސޯޝަލް މީޑިއާގަ އެވެ. ހުކުރު ދުވަހުގެ ރޭ، ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގައި ރެފްރީންގެ "ގޯސް ނިންމުމެއް" ފާހަގަކޮށް ޔުނައިޓެޑް ވިކްޓަރީގެ ބައެއް ކުޅުންތެރިން ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ދައުރު ކުރުވި އެވެ. ޔުނައިޓެޑް ވިކްޓަރީގެ އަލީ ހަމްދާން ދިން ހިތްގައިމު ބޯޅަ އަށް އެޓީމުގެ އީވާން ވެރަސް ކުރިއަށް އަރައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލި އެވެ.
ޔުނައިޓެޑް ވިކްޓަރީން އުފެއްދި ބިލްޑް އަޕްގެ ސްކްރީން ޝޮޓެއް އެ ޓީމުގެ ކުޅުންތެރިން ތިބީ ގްރީންގެ ޑިފެންސް ލައިނަށް ވުރެ ކުރީގައި: އެކަމަކު އެސިސްޓެންޓް ރެފްރީ ދިދަ ނަގާފައި ވަނީ އޮފްސައިޑް ކަމަށް
ހުޅަނގު ފަރާތު ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީ އަބްދުﷲ އަހްމަދު އޮފްސައިޑް ކަމަށް ދިދަ ނެގުމުން ރެފްރީ ހަސަން އަހްމަދު ވަނީ އޮފްސައިޑް ކަމަށް ކަށިގަނޑު ފުމެފަ އެވެ. އޮފްސައިޑް ކަމަށް ނިންމުމުން އީވާން ވަނީ އޭނާގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ އަމިން އަލީ ސޯޝަލް މީޑިއާ އަށް އޭގެ ވީޑިއޯ އާއި ފޮޓޯ ޕޯސްޓް ކުރުމުން ވައިރަލްވި އެވެ. އެ ޕޯސްޓް ޝެއާކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޑިފެންޑަރު އަހްމަދު ފައްރާހް (ފައްރަ) ބުނެފައި ވަނީ ޔުނައިޓެޑް ވިކްޓަރީން އުފެއްދި ޕާސްތަކާއި ހަމްދާން އުފެއްދި މޮޅު ޕާސް އެއްޗަކަށް ނުވީ ރެފްރީގެ ގޯސް ނިންމުމުގެ ސަބަބުން ކަމަށެވެ.
މި ޕޯސްޓް ޝެއާކޮށް ބައެއް ފަރާތްތަކުން ވަނީ ރެފްރީންގެ ކަންކަން ރަނގަޅު ކުރުމަށް އެފްއޭއެން އަށް ގޮވާލައިފަ އެވެ.
"މިކަން ބަލާނެ ބަޔަކު ހަމަ ނެތީތަ؟" އެފްއޭއެމް ޓެގްކޮށް، ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޒާމް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
ރެފްރީންގެ ގޯސް ނިންމުންތައް މި ސީޒަންގައި ވެސް ގިނަ އެވެ. ރެފްރީންނަށް އެފްއޭއެމުން ފައިސާ ނުދޭ މައްސަލަ ވެސް ވަނީ ފެންމަތިކޮށްފަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
އެފްއޭއެމް ބަދަލުކޮށްދިންނަމަ ކްލަބްތަކަށް އެހީވީމުސް
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ
އެފްއޭއެމުން ވަކިވި ޝާފިއު އާއި މުއާވިޔަތަށް ފާޑުކިޔަނީ