މާލީ ގޮތުން އަޑިއަޅާލާފައިވާ ކަމަށް ބުނެ ފުރަތަމަ ޑިވިޝަނުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖޫރިމަނާކޮށް، އެ ޓީމުން ދޫކޮށްލި ޖާގަ އަށް ނިއު ރޭޑިއަންޓް ޕްރޮމޯޓް ކޮށްފި އެވެ.
31 އޯގަސްޓް 2025
މާލީ ގޮތުން އަޑިއަޅާލާފައިވާ ކަމަށް ބުނެ ފުރަތަމަ ޑިވިޝަނުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖޫރިމަނާކޮށް، އެ ޓީމުން ދޫކޮށްލި ޖާގަ އަށް ނިއު ރޭޑިއަންޓް ޕްރޮމޯޓް ކޮށްފި އެވެ.
ސަސް، ޖޫރިމަނާ ކުރީ 200،000ރ. އަށެވެ. އަދި ކުރިން ބެލެވުނީ އެ ޓީމު ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށް ކަމަށެވެ. ނަމަވެސް އެފްއޭއެމްގެ އެކްސްކޯއިން ނިންމީ ތިންވަނަ ޑިވިޝަނަށް އެ ޓީމު ރެލިގޭޓް ކުރުމަށެވެ.
އެ ޓީމުން ދޫކޮށްލި އެއްވަނަ ޑިވިޝަނުގެ ޖާގަ ނިއު އަށް ދިނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލުން ބަލިވި އަނެއް ޓީމު ކަމަށްވާ ޓެންޓް ސްޕޯޓްސް އާއި ނިއުގެ ނަތީޖާ އަޅާ ކިޔައި، ނިއު އަށް ކުރި ލިބުމުންނެވެ.
ދެ ވަނަ ޑިވިޝަން މުބާރާތުގައި އެ ދެ ޓީމު ވެސް ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ ނިއު އެވެ. ޓެންޓުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގުރޫޕް ސްޓޭޖުން ފެށިގެން ސެމީ ފައިނަލުގެ ނިޔަލަށް ޓެންޓުން 20 ލަނޑު ޖެހި އެވެ. އެ ޓީމު ކޮޅަށް 11 ލަނޑު ވަނެވެ. ދެ ވަނަ ޑިވިޝަނުގައި ނިއުއިން ޖެހީ 18 ލަނޑެވެ. އެ ޓީމު ކޮޅަށް ވަދެފައި ވަނީ ހަތަރު ލަނޑެވެ.
ފައިދާ ގޯލުން ނިއު އަށް 14 ލަނޑު އެބައޮތެވެ. ޓެންޓަށް އޮތީ ފައިދާ ނުވަ ލަނޑެވެ. ނަތީޖާ އަށް ބަލާނަމަ ޓެންޓަށް ވުރެ ބޮޑު އެޑްވާންޓޭޖް ނިއު އަށް އެބައޮތެވެ. ދެ ޓީމުގެ ހެޑް ޓް ހެޑަށް ބެލުމުން ވެސް ނިއު ވަނީ ޓެންޓްގެ މައްޗަށް ގުރޫޕް ސްޓޭޖުގައި 3-1 އިން ކުރި ހޯދާފަ އެވެ.
ނިއު، ދެވަނަ ޑިވިޝަނަށް ވެއްޓުނީ 2019 ގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެ ފިޔަވަޅު އެ ކްލަބާ ދެކޮޅަށް އެޅީ އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރި ދަނޑިވަޅުގަ އެވެ. އެކަމަކު އެފްއޭއެމުން ބުނެފައި ވަނީ އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އެޅީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެ މައްސަލަ ބެލުމަށް ފަހު މުސާރަ ދޭން ތަކުރާރުކޮށް އެންގުމުން ވެސް މުސާރަ ދީފައި ނުވާތީ ކަމަށެވެ.
ދެވަނަ ޑިވިޝަނުގައި ދެ ފަހަރު ވާދަކޮށް، އަލުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާން އެ ކްލަބުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ސަސް އަށް 200،000ރ. ޖޫރިމަނާއެއް؟
ނިއުއަށް ޖާގަ ކަށަވަރު ވާނީ އެފްއޭއެމްން ފާސްކުރުމުން
ލީގުން ވަކިވާން ނިންމިކަން ސަސްއިން އަންގައިފި
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު
ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޓީީސީ އަށް ގެއްލިއްޖެ
ޔޫވީން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި