ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެފްއޭއެމަށް އަންގައިފި އެވެ.
25 އޯގަސްޓް 2025
ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެފްއޭއެމަށް އަންގައިފި އެވެ.
ސަސްއިން މިގޮތަށް ނިންމީ، ނިއު ރޭޑިއަންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.
ސަސްގެ މި ނިންމުމާ އެކު، އެއްވަނަ ޑިވިޝަނުން ހުސްވާ ޖާގަ ލިބޭނީ، ނިއު އަށެވެ. އެއީ އެންމެ ފަހުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ބައިކޮޅަށް އެންމެ މަދުން ގޯލް ވަން ޓީމަށް ނިއު ވުމުންނެވެ.
ނިއުގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުން ފުރުސަތު ދޫކޮށްލި ނަމަވެސް، "މިހާރު" އަށް ލިބިފައިވާ ސަސްގެ ގަރާރުގައި ބުނެފައިވާ ގޮތުން އެ ޓީމުން ދިވެހި ލީގު ނުވަތަ އެއްވަނަ ޑިވިޝަނުގެ ފުރުސަތު ދޫކޮށްލަނީ އެ ކްލަބަށް ކުރިމަތިވެފައިވާ "ހީނުކުރާފަދަ މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ."
"ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވަނީ ހީނުކުރާ ފަދަ މާލީ މައްސަލަތަކާއި ވާދަވެރި ޓީމެއް އެކުލަވާލުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންކަން ހިތާމައާ އެކު ދަންނަވަމެވެ. ވާދަވެރި ސްކޮޑެއް އޮތުމުގެ މުހިންމުކަމާއި މާލީ ގޮތުން ހަމައަކަށް އެޅުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ ކްލަބް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިއުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރަން." އެ ކްލަބުން ފާސް ކުރި ގަރާރުގައި ވެއެވެ.
އެފްއޭއެމަށް ފޮނުވި ސިޓީގައި އެ ކްލަބުން ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މާލީ ކަންކަން ހަމައަކަށް އެޅުވުމަށާއި ދަރަނިތައް އަދާކުރުމަށް މަގުފަހި ކުރުމަށާއި ޓީމު އަލުން ބިނާކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން 2025-2026 ގެ ދެވަނަ ޑިވިޝަނުގައި ވާދަ ކުރަން އަޅުގަނޑުމެން ތައްޔާރުވާނެމެވެ. އަދި ދެވަނަ ޑިވިޝަނުގައި އަލުން ބައިވެރިވުމުގެ މަސައްކަތާއި އެކަމާ ގުޅޭ ރަސްމީ މަރުހަލާތައް ފުރިހަމަ ކުރުމަށް ދޭ އިރުޝާދާއި ދެވަނަ ޑިވިޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގައި ވެސް އެފްއޭއެމްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް މި ކްލަބުން އުއްމީދު ކުރަމެވެ.،" ސަސްގެ ރައީސް އިސްމާއީލް އާތިފް ސޮއިކޮށް އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
ނިއުއަށް ޖާގަ ކަށަވަރު ވާނީ އެފްއޭއެމްން ފާސްކުރުމުން
ފުޓްބޯޅައިން މި ފެށީ "ނުބައި ޕްރެކްޓިހެއް"
ސަސް އަށް 200،000ރ. ޖޫރިމަނާއެއް؟
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި