މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
23 މާޗް 2025
މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު ފުރުން މަނާ ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު--. ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓި ޝަމްއާންގެ އާއިލާގެ މެންބަރަކީ އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒެވެ.
އެ މައްސަލާގެ ތުހުމަތުގައި ޝަމްއާން ބަންދަށް ރޭ ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފަ އެވެ. އަދި އެ މައްސަލާގެ ތުހުމަތު ކުރެވޭ އިމިގްރޭޝަންގެ ތިން މުވައްޒަފުންގެ ބަންދަށް ވެސް ރޭ ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
ބިދޭސީމީހާގެ ފައިސާ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
ޝަމްއާންގެ ގެ ބަލައިފާސްކޮށް، ފައިސާތަކެއް ގެންގޮސްފި
އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތު
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފިހާރަތަކާ ގުޅުވައި،އިމިގްރޭޝަންގެ ނަމުގައި ފޭކްލިސްޓެއް