އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކޮށްފައި ވަނިކޮށް، އެ އިދާރާގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކޮށްފައި ވަނިކޮށް، އެ އިދާރާގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.
އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ ފުޅާކޮށް ހިންގާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމާއި އަދި ގަވާއިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެ އިން ޑީޕޯޓް ކޮށްފަ އެވެ.
ނޮވެމްބަރު 19، 2023 އިން ފެށިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ފުރުއްވަމުން އައި ޝަމްއާން އިސްވެ ހުންނަވައިގެން ބިދޭސީން އަތުލައިގަތުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައި ވެ އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރާ ތުހުމަަތުތަކާ ޝަމްއާނާ ގުޅުން އޮތް ކަމެއް އަދި ނޫން ކަމެއް ވެސް ނޭނގެ އެވެ. ޝަމްއާން މަގާމުން ވަކިކުރި މައްސަލާގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
4 ތަނެއް ފާސްކޮށް 16 ބިދޭސީން އަތުލައިގެންފި
"ދިވެހިން ވެސް ޖޫރިމަނާކޮށް، ޕާސްޕޯޓު ހިފެހެއްޓޭނެ"
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓް ކޮށްލަނީ!
"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
ބިދޭސީމީހާގެ ފައިސާ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް