ބިދޭސީއެއް އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް ބަންދު މުއްދަތު ޖަހައިފި އެވެ.
23 މާޗް 2025
ބިދޭސީއެއް އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަށް ބަންދު މުއްދަތު ޖަހައިފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން މިރޭ ބުނީ އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަށް 10 ދުވަސް އަދި އެކަކު ތިން ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަކަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ މައްސަލާގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވެސް ވަނީ ރޭ ހައްޔަރު ކޮށްފަ އެވެ. އޭނަގެ ބަންދަށް މިރޭ ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު.--
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
.
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
ބިދޭސީމީހާގެ ފައިސާ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
ޝަމްއާންގެ ގެ ބަލައިފާސްކޮށް، ފައިސާތަކެއް ގެންގޮސްފި
އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތު