ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކަށް ޑިސްކައުންޓް ދިނުމަށްޓަކައި، އެމްޑަބްލިއުއެސްސީ އިން ޑިސްކައުންޓް ދިނުމުގެ އުސޫލު އާއްމުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކަށް ޑިސްކައުންޓް ދިނުމަށްޓަކައި، އެމްޑަބްލިއުއެސްސީ އިން ޑިސްކައުންޓް ދިނުމުގެ އުސޫލު އާއްމުކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ، އަންނަ އޭޕްރީލް މަހު ގޭބިސީތަކަށް ފޮނުވާ ބިލުތައް އާއްމު މަހަކާ އަޅާބަލާއިރު ބޮޑު ނުވާނެ ގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގޮތުން އާއްމު މަހެއްގެ ފެނުގެ މިންވަރު ކަނޑައަޅާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަސް ނުހިމަނައި، އެ އަހަރުގެ ބާކީ އޮންނަ 9 މަހުގެ އެވްރެޖަށް ބަލައިގެންނެވެ.
އޭޕްރީލް މަހަށް ތައްޔާރުކުރާ ބިލު، އާއްމު މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެއްކޮށް އުނިކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ނަމަ ޑިސްކައުންޓުގެ މިންވަރު 10 ޕަސެންޓާ އެއްވަރަށް މަތިކޮށްދޭން އެމްޑަބްލިއުއެސްސީން ވަނީ ނިންމައިފަ އެވެ.
އާއްމު މަހުގެ ބިލަށް ވުރެ އޭޕްރީލް މަހު ފޮނުވާ ބިލުގެ އަދަދު ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓު އުނިކޮށްދޭނެ ކަމަށް ވެސް ފެން ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އޭޕްރީލް މަހު އަލަށް ބިލް ކުރާ މީޓަރުތަކަށާއި ކުރިން ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް މިހާތަނަށް ބިލް ނުކުރާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލުް ނަމަ އެ ކަސްޓަމަރުންގެ ބިލުން ވެސް 10 ޕަސެންޓު އުނިކޮށްދޭނެ ކަމަށެވެ.
މިކަމުގައި ސުވާލެއް އޮތް ނަމަ އެ ކުންފުނީގެ ހޮޓްލައިން 105 އަށް ނުވަތަ 1050 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ mail@mwsc.co.mv އަށް މެއިލް ކޮށްގެން މައުލޫމާތު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފެން ބިލުގެ އިތުރުން ކަރަންޓު ބިލުން ވެސް، ރޯދަ ހަދިޔާގެ ގޮތުގައި ޑިސްކައުންޓް ދޭން ރައީސް މުއިއްޒު ވަނީ ނިންމައިފަ އެވެ. މިދިޔަ ރޯދަ މަހު ވެސް މި އުސޫލުން ޑިސްކައުންޓް ދީފައިވެ އެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދީފަ އެވެ.
"މިހާރު" ރޯދަ ކުއިޒުގެ ނަސީބުވެރިން ހޮވައިފި
ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި
އިތުރު ދަރުމަ އާއި ސަވާބު ހޯދުމަށް ދަމުނަމާދުކުރަންޖެހޭ
ރޯދަމަހު ބިލް ބޮޑުވީ ޔޫސޭޖް މަތިވުމާއި ހޫނު ގަދަވުމުން
މުދަލުގެ ޒަކާތް ނުދައްކައިފި ނަމަ އޮތީ ގަދަފަދަ އަޒާބު
ރިނބުދޫގެ ވިދުވަރު ހިފަހައްޓާ ތިލޭރު
"މަސްދަޅުކޭސްތަކުގެ ހަދިޔާއަށް 79 މިލިއަން ދީފައިވޭ"
އެމްޑަބްލިއުއެސްސީއަށް 30 އަހަރު، ގިނަ ހަރަކާތްތަކެއް
ރޯދަމަހު މިސްކިތްތަކަށް ދިޔަ އެންމެން ކޮބާ؟
އިސްތިހާޟާގެ ލޭ ހުންނައިރު ނަމާދާއި ރޯދަ ވެސް ހިފޭނެ