ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް ބޭނުންވާ ޑޮލަރު، ޓޫރިޒަމް ސިނާއަތުން ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް ބޭނުންވާ ޑޮލަރު، ޓޫރިޒަމް ސިނާއަތުން ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭއިރު، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ކުންފުނީގެ ޖުމްލަ ހަރަދަށް އެބައި އިތުރުވަމުންދާ ކަމަށެވެ، އެކަމަކު ހިދުމަތްތަކުން ނަގާ އަގު ބޮޑުކޮށްގެން އެ ބައި ނުހޯދޭކަން މަތީން ފާހަގަކުރެއްވި އެވެ.
އެހެންވެ، ކުންފުނީގެ ބޯޑުން މަޝްވަރާކޮށް، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަ ހަދަން އޭގަ އެ ފަރާތްތަކާ އެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތަންމެ ކުޑަމިންވަރެއްވިޔަސް އެކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" މަތީން ވިދާޅުވި އެވެ.
އޭގެ އިތުރުން، ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މަސައްކަތް ފަށާފައިވާއިރު، އެކަމުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމަނަން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މައިގަނޑު ވިސްނުމަކީ، މަތީން ވިދާޅުވި ގޮތުގައި، ކުންފުނީގައި ގާއިމުވެފައި އޮތް ފެނާއި ނަރުދަމާ އެޅުމުގެ ފަންނީ ގާބިލުކަން ޓޫރިޒަމް ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި ބޭނުންކޮށްގެން، ޑޮލަރުން އާމްދަނީ ހޯދޭނެ މަގުކޮށުމެވެ.
މި މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ އޮންލައިންޕޯޓަލަށް ޒަމާނީ ބަދަލެއް
ޝަކުވާތަކެއް ލިބުމުން އެއްބަސްވުން ބާތިލްކޮށްފި
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް
ޓީޓީ ހަދަން ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކުރި
ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ބަހައްޓައިފި
10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީ ނިންމައިފި
"ޑޮލަރުގެ މައްސަލަ ހައްލުކުރަން ދައުރު ދަންމާލަންޖެހޭ"
ބޭހަށްދާ މީހުންނަށް ވިއްކާ ޑޮލަރު އިތުރުކޮށްފި
ޓީޓީޕޭމަންޓުތަކަށް ދޭ ޑޮލަރު 10 ޕަސެންޓު އިތުރުކޮށްފި
ޕައިލެޓުންގެ ޑިމާންޑަށް ޓީއެމްއޭ އިން ދޫދީފި!