ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ 12 މަސް ދުވަހު ޓީޓީ ހެދުމަށް އެ ބޭންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު އެކަނި ވެސް ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ އަރާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ޑޮލަރު ވިއްކި އަދަދު އިތުރުވެފައިވަނީ، ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެދެވޭނެ އަދަދުގެ ނިސްބަތް ވެސް އިތުރުކޮށްދިނުމަށްފަހު އެވެ.
އެގޮތުން، މިދިޔަ އަހަރު ޓީޓީ ހަދަން ވިޔަފާރިތަކުން އެދުނު އަދަދުގެ ތެރެއިން ދޫކުރީ ފަސް ފަސެންޓާއި 10 ޕަސެންޓުގެ އަދަދެކެވެ. ނަމަވެސް މިއަހަރު ވިޔަފާރިތަކުން އެދުނު އަދަދުގެ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދެއް ވަނީ ދޫކޮށްފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ތާށިކަން ހައްލުކުރުމަށް، ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަށްފަހު އޭގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ވަނީ ބޮޑުކޮށްފަ އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.
ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖަައްސައިފަ އެވެ. އެއާއެކު، އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ހެދުމަށް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓް މިދިޔަ މަހު ވަނީ އިތުރުކޮށްފަ އެވެ.
އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 ޕަސެންޓަށް އިތުރުވުމެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު މިހާރު އުޅެނީ 30 ޕަސެންޓުގަ އެވެ. އެކަމަކު، އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ ވިއްކާ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ގާނޫނާ ހިލާފެއް ނޫން
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި
ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ
ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ބަހައްޓައިފި
ޓީޓީޕޭމަންޓުތަކަށް ދޭ ޑޮލަރު 10 ޕަސެންޓު އިތުރުކޮށްފި
އެސްޑީއެފްސީން ދެން އިތުރަށް ލޯނުދޫކުރެވޭނެ: ބީއެމްއެލް
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް