Roadha Mihaaru

އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރު ކުރަން ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި ލޯނު ދޫކުރަން ސަރުކާރުން ބޭނުންވާއިރު، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކައިލުމުން އެ ކޯޕަރޭޝަންގެ މާލީ ގާބިލްކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލް އަށް ވިއްކާލަން ނިންމީ އެ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް، ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެންނެވެ. ބީއެމްއެލްގެ ޕްރޮޕޯސަލާ އެކު ކުރިއަށް ދާން ކެބިނެޓުން ނިންމީ އެ ފިޔަވަޅުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެސްޑީއެފްސީ ގަތުމަށް ފަހު، ބީއެމްއެލް އިން އެ ކޯޕަރޭޝަން ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށެވެ.

"އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރައީސް އޮފީހުން ބުނީ، އެސްޑީއެފްސީ ގަތުމަށް ފަހު، ބީއެމްއެލް އިން އެ ކޯޕަރޭޝަން ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށެވެ.

"އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިންނެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ކެބިނެޓުގެ ނިންމުމާ ގުޅޭ މުހިންމު ބައިތައް:

- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ.

- ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ.

- ބީއެމްއެލް އިން އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި.

- އިންޓްރެސްޓް ރޭޓުތަކަށް ބަދަލެއް ނާންނާނެ.

- ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެ އަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާކުރާނެ.

- އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯނުތައް ޕްރޮސެސްކުރުން އަވަސްވާނެ ކަމަށް ރައީސް އޮފީހުން ބުނި.

- ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ދަށުން އެސްޑީއެފްސީގެ ގަވަނަންސް ވެސް ހަރުދަނާވެ، ރޭވުމާއި ހިންގުމާއި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް ވެސް ހަރުދަނާ ވާނެ ކަމަށް ސަރުކާރުން ބުނި.

ރައީސް އޮފީހުން ބުނީ، ބީއެމްއެލްގެ ދަށުން އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ލޯނުތައް ދޫކުރަމުން ގެންދާނީ މިހާރުގެ ވެސް އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށެވެ. މާލީ މުއާމަލާތްތައް ވެސް ބައްޓަން ކުރާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރު ކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ 36 ޕަސެންޓު ފައިސާ އަނބުރާ ނުލިބޭ

އެސްޑީއެފްސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ނުލިބި އެބަހުރި ކަމަށެވެ.

އެކަމަކު، މިދިޔަ އަހަރުން ފެށިގެން އަނބުރާ ދައްކާ ވަރު އިތުރު ކަމަށް އެ ކޯޕަރޭޝަނުން "މިހާރު" އަށް ބުނެފައި ވެ އެވެ.

މިހާރު" އިން ކުރި ސުވާލުތަކެއްގެ ޖަވާބުގައި އެސްޑީއެފްސީން ބުނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

އެކަމަކު، މާލީ ހާލަތު ދަށް ވެފައިވާތީ ފަހަކަށް އައިސް ލޯނު ދޫކުރެވޭ އަދަދު މަދު ކަމަށް އެނގިފައި ވެ އެވެ.