31 މާޗް 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން މީގެ ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް މިހާރު ހަމަޖެހޭނެ ކަމަށެވެ.
މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
މިއަދު ގެނައި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭއިރު، އެ ފަރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނައި ބަދަލެއް ކަމަށެވެ.
"އަދި ހަމަ އެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސް މެ،" ސްޓުމްކަ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ، ކުދި ވިޔަފާރިތަކާއި ފްރީލާންސްކޮށް ރާއްޖޭން ބޭރުގައި މަސައްކަތްތަކާއި މުދާ ވިއްކާ ފަރާތްތަކަށް ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިވެގެން ދިޔުމަކީ، އެ ފަރާތްތަކުގެ ކާމިޔާބީ އާއި ކުރިއެރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
A big tku BML for providing the service that makes it easy for freelancers & small biz to receive payments in USD from online international sales & digital platforms. It's a crucial development for their success @bankofmaldives
— Mohamed Saeed (@em_saeed) March 31, 2024
Congrts HEP @MMuizzu ??https://t.co/Jnyawwn5PJ
ރާއްޖޭގައި ކްރިއޭޓިވް ނުވަތަ ފަންނީ ސިނާއާތްތަކަށް ފަހިވާ އިކޮނޮމީއެއް ގާއިމްކުރުމަށްޓަކައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ކަން ކުރުމަށް ކެބިނެޓުން ވެސް ނިންމާފައިވާ އިރު، އަންނަ މޭ މަހުގެ ކުރިން އީވޮލެޓުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ސީދާ އެމެރިކާގެ ސަރުކާރާ އެކު މަޝްވަރާކުރަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ. ޕޭޕާލްގެ އިތުރުން ޕެޔޮނިޔާ، ސްކްރިލް، ސްޓްރައިޕް އަދި ނެޓެއްލާ ރާއްޖެއަށް ގެންނަން ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
ބީއެމްއެލްގެ އިތުބާރު ގެއްލޭކަމެއް ކޮށްގެންނުވާނެ: އިބޫ
ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް: ޝިޔާމް
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
ބީއެމްއެލްއިން ވަކިކުރި ބައެއް ބޭފުޅުން އަލުން ބޯޑަށް
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
އޭޑީބީން ދިވެހި ވިޔަފާރިތަކަށް 600 މިލިއަން ރުފިޔާ