ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
11 އޯގަސްޓް 2025
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގެ ތިން ރަށެއްގައި މިއަދު ފެށި އޭޓީއެމްގެ ހިދުމާ އެކު، އެ އަތޮޅުގެ ބާކީ ހަތް ރަށުގައި މި ހަފުތާ ނިމޭއިރު އެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ 10 ރަށް ފުރިހަމަ ވުމުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ބެހެއްޓުނީ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ދަށުން ވަނީ ބ. ކަމަދު އާއި އެ އަތޮޅު ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފަ އެވެ.
އެ ހިދުމަތް ތައާރަފު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބީއެމްއެލުން ބުނީ މި ހަފުތާގައި ގޮއިދު އާއި ފެހެންދު އާއި ފުޅަދު އާއި ހިތާދޫ އަދި ދޮންފަނާއި މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފަށާނެ ކަމަށެވެެ. އެއާ އެކު، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުނީ ކަމަށް އެ ބޭންކުން ބުންޏެެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބ. އަތޮޅުގެ 10 ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން، މި އަހަރުގެ ތެރޭގައި އަލަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަކަށް އަރާނެ ކަމަށެވެ.
ބ. ކެންދޫގައި ބީއެމްއެލް ބްރާންޗު ހުޅުވުން.
"މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުއަކީ މިހާތަނަށް އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި އެއީ ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުކުރުމާއި ރަށުގެ ތަރައްގީއަށް ދޭ އިސްކަން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން 1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގަ އެވެ. އެ ބޭންކުން އަންނަނީ މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރަމުންނެވެ.
ބަނޑިދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
އޭއައިއާއެކު، ބީއެމްއެލްގެ ހިދުމަތް އޮޓަމޭޓް ކުރަނީ
ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް
ނޮޅިވަރަންފަރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް އއ ގެ ހުރިހާ ރަށަކަށް
ބޭންކަށް ވަންނަ ފައިސާ އިތުރުވެއްޖެ: ޝަރީފް
ބާސްކެޓްބޯޅަ ކުރިއަރުވަން ބީއެމްއެލްއިން އެހީތެރިވަނީ
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް އާއި ޕާލޭ ގުޅިގެން މަސައްކަތް ކުރަނީ