ޕާލޭ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ބީއެމްއެލް އިން މިއަދު ސޮއިކޮށްފި އެވެ.
ޕާލޭ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރަން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ބީއެމްއެލް އިން މިއަދު ސޮއިކޮށްފި އެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ޕްރޮގްރާމް "އީއެންވީ ޕީއޯއެސް" ގެ ދަށުން ޕާލޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. ޕާލޭ އިން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ އެވެ.
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން އެ ބޭންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ހޭދަކުރުމަށް ހާއްސަކޮށް "އީއެންވީ ޕޮސް" އިނިޝިއޭޓިވް އިފުތިތާހުކުރީ މިދިޔަ ޖޫން 25 ގަ އެވެ.
ޕާލޭއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގައި ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ތަނެއް ކަމަށް ވިޔަސް ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ.
"އެހެންކަމުން، ކަނޑުތައް ރައްކާތެރި ކުރުމަށާއި ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާ އެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޕާލޭއާ އެކު މަސައްކަތް ކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ބީއެމްއެލްގެ އާ ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކުން އުފެއްދުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ޕާލޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ ވިދާޅުވީ، ކަނޑުގެ ވެއްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަސެޕްޓް ކުރުމަށް އެ ޖަމިއްޔާ އިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާ އެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ މެދު އުފާކުރައްވާ ކަމަށެވެ.
"މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.
އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިއެއްގެ އަތުން އެއްވެސް އަދަދެއް ނުނަގައި، ބޭންކުގެ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެހެންވެ، އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ހިދުމަތްތަކާ އެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ،" ބީއެމްއެލް އިން ބުންޏެވެ.
ކާޑު މެޝިނުގެ މުއާމަލާތްތަކުން ތިމާވެއްޓަށް ހޭދަ ކުރަނީ
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް
ބާސްކެޓްބޯޅަ ކުރިއަރުވަން ބީއެމްއެލްއިން އެހީތެރިވަނީ
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް
ބީއެމްއެލްގެ ކާމިޔާބީގައި އައްޑުއަކީ މުހިންމު ތަނެއް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް