ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި އާ ބްރާންޗެއް ހުޅުވައިފި އެވެ.
26 އޯގަސްޓް 2025
ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި އާ ބްރާންޗެއް ހުޅުވައިފި އެވެ.
އެ ބްރާންޗު ހުޅުވާފައިވަނީ އޭޓީއެމް ސެންޓަރަކާއެކު އެވެ. އެ ބްރާންޗް ހުޅުވުމަށް މިއަދު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތުގައި، އެތަން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ބަދުރުއްދީން ހަސަން ވިދާޅުވީ އެ ބެންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް މިހާރު ލިބެން ހުރި ނަމަވެސް ބްރާންޗުތައް ހުޅުވުމުގެ މަސައްކަތް އަދިވެސް ކުރަމުން ދަނީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ނޮޅިވަރަންފަރުގައި ހުޅުވި ބްރާންޗުން ގޭގެ އާއި ވިޔަފާރިތަކާއި ކައިރި ރަށްތަކަށް ޒިޔާރަތްކޮށް ބޭންކުގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކުގެ މައުލޫމާތުތައް ދީ، ފައިނޭންޝަލް ލިޓްރަސީ ކުރިއެރުވުމާއި ސްކޭމްތަކުން ރައްކާތެރިވާން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެ ބްރާންޗަކީ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ހިދުމަތްތައް ދޭނެ ބްރާންޗެއް ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިން ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން." ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން ގެންދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 151 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 209 އޭޓީއެމް އާއި އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް އއ ގެ ހުރިހާ ރަށަކަށް
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް
އަތޮޅުތެރޭގެ އޭޓީއެމްތަކަށް 1.3 ބިލިއަން ޖަމާކުރި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް
ބަނޑިދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
އަތޮޅުތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުއްޓަށް
މާއުނގޫދޫ، ކޮމަންޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި