Roadha Mihaaru
މާއުނގޫދޫ، ކޮމަންޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބީއެމްއެލުން މާއުނގޫދު އާއި ކޮމަންޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

24 އެޕްރީލް 2021

ބީއެމްއެލުން ށ. އަތޮޅުގެ މާއުނގޫދު އާއި ކޮމަންޑޫގައި މިއަދު ސެލްފްސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލުން ށ. އަތޮޅުގެ މާއުނގޫދު އާއި ކޮމަންޑޫގައި މިއަދު ސެލްފްސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިހާރު 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މި އޭޓީއެމް ސެންޓަރުތަކާއެކު ށ. އަތޮޅުގެ ހަތަރު ރަށެއްގައި ބީއެމްއެލުން އަންނަނީ އޭޓީއެމްގެ ހިދުމަތް ދެމުންނެވެ. އެއީ މާއުނގޫދު އާއި ކޮމަންޑޫގެ އިތުރުން ފުނަދު އާއި މިލަންދޫ އެވެ.

ކޮމަންޑޫގައި ހުޅުވި އޭޓިއެމް-- ފޮތޯ: ބީއެމްއެލް

ކޮމަންޑޫގައި ހުޅުވި އޭޓިއެމް-- ފޮތޯ: ބީއެމްއެލް

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް 70 އަށް ވުރެ ގިނަ ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ހުޅުވާފައިވާ ކަމަށެވެ. އަދި މިއާއެކު އެ ބޭންކުން މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއު ކާމިޔާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗަކާއި 71 ސެލްފްސާވިސް ސެންޓަރުތަކާއި 132 އޭޓީއެމް ހުޅުވައިފަ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އޭޓީއެމްގެ ހިދުމަތް ނުލިބޭ ރަށްތަކަށް ވެސް އެ ބޭންކުން އަންނަނީ ހިދުމަތް ދެމުންނެވެ.