07 ޖޫން 2021
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން އޯޕެކުން ބީއެމްއެލަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާން އޯޕެކުން ބީއެމްއެލަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
މި ލޯނުގެ އެހީއާއެކު، ކޮވިޑް-19ގެ ސަބަބުން ގެއްލުން ވަމުންދާ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާއި އެ ދާއިރާއާ ގުޅުން ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލުން ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ޓޫރިޒަމް ދާއިރާ އަށް ކަނޑައަޅާފައި ވަނީ އެއީ ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ އަށް ވާތީ އެވެ.
ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީން ހިއްސާކުރާއިރު، އެ ދާއިރާ އިން ލިބޭ އާމްދަނީ ވަނީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގުޅިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް އައި ހީނަރުކަމާއެކު، ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށްވެފައިވާ ކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ވެސް ވަނީ ބުނެފަ އެވެ.
އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ. މިއީ، އޯޕެކްގެ ޕާޓްނަރު ގައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރި އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރާ ލޯނެކެވެ.
އޯޕެކް ފަންޑުގެ އެހީގައި ގިނަ އަހަރުތަކެއް ވަންދެން ވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާ އަށް ލޯނު ދޫކޮށްފަ އެވެ. މީގެ ތެރެއިން ބޮޑު ބަައެއް ހިއްސާ ކުރަނީ ދަތުރުފަތުރުގެ ނިޒާމާއި މަލްޓި-ސެކްޓޯރަލް އާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާ އެވެ.
އޯޕެކް ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހާމިދު އަލް ޚަލީފާ ވިދާޅުވީ، މި ލޯނުގެ ސަބަބުން ރާއްޖެއާއެކު ގާއިމު ކޮށްފައިވާ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި ބީއެމްއެލް އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުން ވިޔަފާރިތަކަށް އަރައިގަތުމަށް އެހީވެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށާއި މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށް ދިރުން ލިބި ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިގޮތުގައި، މި ހާލަތުގައި ވިޔަފާރިތަކަށް ދިމާވާ ނޭދެވެ އަސަރު ކުޑަކުރުމަށް ބޭންކުން ފެށުނީއްސުރެ މަސައްކަތް ކުރަމުން ދެ އެވެ. އަދި އޯޕެކްގެ ލޯނު އެހީގެ ސަބަބުން ބޭންކުން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފަންޑިން ހަމަޖެހިގެން މި ދިޔައީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ނުހަނު ހައްސާސް ދަނޑިވަޅެއްގައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއް ވެސް މެ." ޓިމް ވިދާޅުވި އެވެ.
އޯޕެކް ފަންޑުން ދޫކުރާ މި ލޯނާ ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓު ފަށައިފި
އޭޑީބީން ދިވެހި ވިޔަފާރިތަކަށް 600 މިލިއަން ރުފިޔާ
އައިޓީއެފްސީން ބީއެމްއެލް އަށް 5 މިލިއަން ޑޮލަރު ދީފި
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް
އެމެކްސްއާ އެކު އޮތީ ބަދަހި ގުޅުމެއް: ޝަރީފު
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ބީއެމްއެލްގެ އަހަރީ ސްޓާފް ޗެރިޓީ ރަން ބާއްވައިފި
ކުނި މެނޭޖްކުރަން އެހީ ދޭ ޖަމިއްޔާތައް ހޮވައިފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް