ލޯކަލް ޓޫރިޒަމްގައި އއ. އަތޮޅުން އެންމެ ކުރިއަރާފައިވާ ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއްގެ ބިންގާ އަޅައި ޑޮލަރު އޭޓީއެމްއެމްގެ ހިދުމަތް ފަށައިފި އެވެ.
20 އޯގަސްޓް 2025
ލޯކަލް ޓޫރިޒަމްގައި އއ. އަތޮޅުން އެންމެ ކުރިއަރާފައިވާ ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއްގެ ބިންގާ އަޅައި ޑޮލަރު އޭޓީއެމްއެމްގެ ހިދުމަތް ފަށައިފި އެވެ.
ޓޫރިސްޓުންގެ ޗުއްޓީ މަންޒިލަކަށް ވެފައި އޮތް ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ، އއ. އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ހިދުމަތް ފެށުމާ އެކު ތޮއްޑޫގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.
މި ރަސްމިއްޔާތުގައި، ރައީސާ އެކު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ތޮއްޑޫ ކައުންސިލް ރައީސް އަހުމަދު ކަރަމް އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލުން ބުނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް ހުޅުވަން ނިންމީ އެ ރަށަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށް ވުމާއި އެ ރަށުގެ ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވާތީ ކަމަށެވެ. ޑޮލަރު އޭޓީއެމްގެ ސަބަބުން އެ ރަށުގައި ޓޫރިޒަމްގައި ހަރަކާތްރެރިވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފަ އެވެ.
އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުނީ އެވެ.
ޝަރީފް ވިދާޅުވެފައި ވަނީ އެ ބޭންކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ލިބޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
ޓީޓީ ހަދަން ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކުރި
ތޮއްޑޫގައި 30 އެނދުގެ ހޮސްޕިޓަލެއް
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ