ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދައްކައި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި އެވެ.
09 މެއި 2025
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދައްކައި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މި ޕްރޮގްރާމްގައި މާފުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މަހުގެ 1 އިން ފެށިގެން ޑިސެމްބަރު 31، ގެ ކުރިން ބިލްތައް ދައްކާ ނިންމާ ނަމަ އެވެ.
އެއްބަސްވުމެއްގެ ދަށުން، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ނިންމަން ކަސްޓަމަރުންނަށް އެދުމުގެ ފުރުސަތު އެމްޑަބްލިއުއެސްސީ އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ނަމަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި 1050 އަށް އެސްއެމްއެސް ފޮނުވައިގެން ނުވަތަ mail@mwsc.com.mv އަށް އީމެއިލްކޮށްގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ އެވެ.
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ
މިއަހަރު ނަރުދަމާގެ 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިންމާލައިފި
ހަންޏާމީދޫ ފެންހޮޅީގެ މައިނެޓްވޯކުގެ މަސައްކަތް ނިމިއްޖެ
މާޅެންދޫ ފެނާއި ނަރުދަމާ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި
ކުޑަފަރީގެ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިންމާލައިފި
ފެރިދޫ އާއި ހިމަންދޫގެ ފެނާއި ނަރުދަމާ އަޅަން ފަށައިފި
މަތިވެރީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި