Roadha Mihaaru
ކުޑަފަރީގެ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިންމާލައިފި

ކުޑަފަރީގެ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިންމާލައިފި

16 ޑިސެމްބަރ 2021

އެމްޑަބްލިޔުއެސްސީން ނ.ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ 75 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޑަބްލިޔުއެސްސީން ނ.ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ 75 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތެއް އަޅާނެ އެވެ. އަދި، ފެނުގެ މައި ނެޓްވޯކްގެ ހޮޅި އަޅާނެ އެވެ.

ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ހަތް ކިލޯ މީޓަރުގެ ދިގު މަގުގައި ނެޓްވޯކް ހޮޅި އަޅާ ނިމިފައިވެ އެވެ.

ފެން އުފެއްދުމަށްޓަކައި ބަހައްޓާ އާރްއޯ 2 ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް މިވަގުތު އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަށް 38 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.