މި އަހަރުގެ ރޯދަ މަހު "މިހާރު" އިން ކުރިއަށް ގެންދިޔަ ކުއިޒުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ
މި އަހަރުގެ ރޯދަ މަހު "މިހާރު" އިން ކުރިއަށް ގެންދިޔަ ކުއިޒުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ
އެންމެ އަވަހަށް އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކޮށްގެން އެ ކުއިޒުގެ 2،1 އަދި 3 ވަނަ ވެސް ހޯއްދެވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝައިހު މުހައްމަދު ލަތީފުގެ އާއިލާއިންނެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ 30 ސިކުންތަށް ވުރެ އަވަހަށް ޖަވާބު ދިމާކޮށްފަ އެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބުނު މި ފަހަރުގެ ކުއިޒުގެ އެއް ވަނަ ހޯއްދެވީ ޝައިހު ލަތީފުގެ ދަރިކަލުން ސަޖާ މުހައްމަދު ލަތީފެވެ. އެއްވަނަ އަށް ހުށަހަޅާފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްސްގެ ފަރާތުން ދޭ އުމްރާ ދަތުރެކެވެ. ސަޖާގެ ބަދަލުގައި އެއްވަނަ އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ބޭބެ، އިިސްލާމީ މަރުކަޒުގެ އިމާމު ސަލްމާން މުހައްމަދު ލަތީފެވެ.
ރޯދަ ކުއިޒުން އެއްވަނަ ހޯއްދެވި ސަޖާގެ ފަރާތުން ބޭބެ، ސަލްމާނަށް، ޒަމްޒަމް ޖަމާއަތު މެނޭޖިން ޑިރެކްޓަރު އަޒީބެ، އެ ޖަމާއަތުން ހުށަހެޅި އުމްރާ ދަތުރުގެ ރަމްޒީ ލިޔުން މިއަދު ހަވާލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުއިޒުގެ ދެ ވަނަ މި ފަހަރު ވެސް ހޯއްދެވީ ސަލްމާންގެ ދަރިކަލުން އުމުރުން ފަސް އަހަރުގެ ސުލައިމް ބިން ސަލްމާން މުހައްމަދު ލަތީފެވެ. އެ ވަނަ އަށް ރެފްކޫލުން ހުށަހަޅާފައިވަނީ 55 އިންޗީގެ ޖޭއޭވީ އެންޑްރޮއިޑް ސްމާޓް ލެޑް ޓީވީ އެކެވެ.
ސުލައިމް ވަނީ "މިހާރު" އިން 2022 ގައި ބޭއްވި ރޯދަ ކުއިޒުން ވެސް ދެ ވަނަ ހޯއްދަވައިފަ އެވެ.
އިސްލާމީ މަރުކަޒުގެ އިމާމުކަން ކުރައްވާ ސަލްމާނަށް "މިހާރު" ގެ މި އަހަރުގެ ރޯދަ ކުއިޒުން ލިބިވަޑައިގަތީ ތިން ވަނަ އެވެ. ތިންވަނަ އަށް ރެފްކޫލުން ހުށަހެޅީ ކޮފްލީ ދޮންނަ މެޝިނެކެވެ.
ރޯދަ ކުއިޒުން ތިން ވަނަ ހޯއްދެވި ސަލްމާން އަދި ބަދަލުގައި ހަވާލުވި އާއިލީ ބޭފުޅެއް ފޮޓޯއަކަށް ހުއްޓިލައިގެން.--ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޯދަ ކުއިޒުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަން ބޭއްވި ކުޑަ ރަސްމިއްޔާތުގައި، ޒަމްޒަމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ޝައިހު އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) ވިދާޅުވީ ރޯދަމަހު ދީނީ ގޮތުން މަސައްކަތްތަކެއް ކޮށް، އެ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިހާރު" ނޫހާ ގުޅިގެން ދެން ކޮންމެ އަހަރަކު ވެސް އުމްރާ ދަތުރެއް ދޭނެ ކަމަށް އަޒީބެ ވިދާޅުވި އެވެ.
ރެފްކޫލްގެ މާކެޓިން މެނޭޖަރު އަހުމަދު ހިޝާމް ވިދާޅުވީ ރޯދަ ކުއިޒުން ލިބުނު ވަނަތަކަށް އެ ފިހާރައިން ހުށަހެޅީ ކޮންމެ ބަޔަކަށް ވެސް ބޭނުން ހިފޭނެ ތަކެތި ކަމަށެވެ. ގޭގައި ބޭނުން ހިފޭ ޓީވީ އާއި ދޮންނަ މެޝިން ފަދަ ތަކެތި އެ ފިހާރައިން ވެސް ކުރިއަށް އޮތް ތަނުގައި "މިހާރު" އާ ގުޅިގެން ދޭނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަމަހު "މިހާރު" އިން ބޭއްވި ކުއިޒު މުބާރާތުގެ ސުވާލުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ދީނީ ސުވާލެވެ. އާއްމު މައުލޫމާތުގެ ސުވާލާއި ތާރީހާއި ސަގަފާތުގެ ސުވާލުތަކާއި ކުޅިވަރާ ގުޅުން ހުރި ސުވާލުތަކާއި އަދަބިއްޔާތުގެ ސުވާލުތައް ވެސް "މިހާރު" އިން ހިމެނި އެވެ.
"މިހާރު" ރޯދަ ކުއިޒުން އުމްރާ ދަތުރެއް
ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި
އިތުރު ދަރުމަ އާއި ސަވާބު ހޯދުމަށް ދަމުނަމާދުކުރަންޖެހޭ
ރޯދަމަހު ބިލް ބޮޑުވީ ޔޫސޭޖް މަތިވުމާއި ހޫނު ގަދަވުމުން
މުދަލުގެ ޒަކާތް ނުދައްކައިފި ނަމަ އޮތީ ގަދަފަދަ އަޒާބު
ރިނބުދޫގެ ވިދުވަރު ހިފަހައްޓާ ތިލޭރު
"މަސްދަޅުކޭސްތަކުގެ ހަދިޔާއަށް 79 މިލިއަން ދީފައިވޭ"
ރޯދަމަހު މިސްކިތްތަކަށް ދިޔަ އެންމެން ކޮބާ؟
އިސްތިހާޟާގެ ލޭ ހުންނައިރު ނަމާދާއި ރޯދަ ވެސް ހިފޭނެ
މުހައްމަދު މި ހިންގަނީ މަސްވެރިންގެ ބުޅި ފެކްޓަރީ