ކަރަންޓު ބިލުގައި ރޯދަމަހުގެ ޑިސްކައުންޓް ހިމެނުމުން ވެސް ބިލްތައް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު ނުވަތަ ޔޫސޭޖް އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
03 އެޕްރީލް 2025
ކަރަންޓު ބިލުގައި ރޯދަމަހުގެ ޑިސްކައުންޓް ހިމެނުމުން ވެސް ބިލްތައް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު ނުވަތަ ޔޫސޭޖް އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މި ރޯދަ މަހު ސަރުކާރުން "ހަދިޔާއެއްގެ ގޮތުގައި" ކަރަންޓުގެ އިތުރުން ފެން ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. ނަމަވެސް މަސް ނިމި ސްޓެލްކޯއިން ފޮނުވި ބިލުތައް ބޮޑުކަމަށް ބުނެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.
ބައެއް ބިލްތައް ދެގުނަ ބޮޑުވެފައިވާކަމަށް ވެސް ބައެއް މީހުން ބުނެެ އެވެ. އަނެއްބައި މީހުންގެ ޝަކުވާއަކަށްވީ ޑިސްކައުންޓަށް ލިބުނު ވަރު ކުޑަވުމެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ ކަރަންޓް ބިލްތައް ބޮޑުވީ ރޯދަ މަހާއި ހޫނު ދުވަސްވަރު ދިމާވުމުންކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުންތަކެއް މަސައްކަތުގައި.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހަށްވުރެ މި އަހަރު ޕީކް ކުޑަވި ކަމަށާއި ނަމަވެސް ޖުމްލަކޮށް ކަރަންޓް ބޭނުންކުރި މިންވަރު މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ދެ ގަޑިއެއް އައި ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް މައްޗަށްދާ، އެއީ މެންދުރުފަހު [އާންމުކޮށް ބަދިގޭގައި ބޭނުންކުރާ އެއްޗެހި އިތުރު ގަޑިއެއް] ދެން އިނީ އިޝާ ނަމާދު ފަހުން. އެ ގަޑީގަ ޕީކް މައްޗަށް ދޭ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް. އަދި ނޭނގޭ ކީއްވެ ކަމެއް އެގަޑީގަ މައްޗަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓުން ޑިސްކައުންޓް ދިނުމުގައި އެކި މީހުންނަށް އެކި މިންވަރަށް ދީފައިވާގޮތް ސާފު ކޮށްދެއްވަމުން އޮފިޝަލް ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބެލީ މިދިޔަ ނުވަމަހުގެ ބިލްތަކުގެ އެވެރެޖަށް ކަމަށެވެ.
"ނުވަ މަހު [މީހުން] އުޅެފައި ނެތް ގޭގެ ހުންނާނެ. އެ ތަންތަނަށް އަޅުގަނޑުމެން މި ދިނީ ހަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް. ބައެއް ގެތަކަށް އެބަހުރި 1،400 އިން 1،700 އިން ވެސް ޑިސްކައުންޓު ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ކުރިން ވެސް ވަނީ ރޯދަ މަހުގެ ބިލް އާންމު މަސްތަކުގެ ބިލަށްވުރެ ބޮޑު ނުވާ ގޮތަށް އެވްރެޖް ބިލެއް ހަދާނެ ކަމަށާއި ހިސާބުކުރުމުގައި ބަލާނީ ނުވަ މަހުގެ އެވްރެޖަށް ކަމަށް ބުނެފަ އެވެ.
ސްޓެލްކޯއިން ވަނީ ބޭނުން ނުކުރާ ކަރަންޓަށް ބިލް ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ، ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމި އެވެ. އެއީ ރޯދަ މަހު ޑިސްކައުންޓު ދޭ ބިލް ވަކިން ހެދުމުގެ ގޮތުން ކުރީގެ ބިލްތައް ވަކިކޮށްލުމަށެވެ.
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ބިލް ބޮޑުކަމަށް ދައްކަނީ ޑިސްކައުންޓް ބިލާ އަޅާކިޔާތީ
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި
އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ
ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް ފެންނާކަށް ނެތް
ކަރަންޓު ކެނޑުނު ސަބަބު ދިރާސާ އެބަކުރަން: ތޯރިގު
ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި
އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ: ސްޓެލްކޯ
ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސްކޮށް ބަލަނީ
މިހާރު ވަނީ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައި: ސްޓެލްކޯ