ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައި ހުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މާދަމާ އިން ފެށިގެން ވަޒީފާ އިން ވަކިކުރަން އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފި އެވެ.
08 ޖުލައި 2025
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައި ހުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މާދަމާ އިން ފެށިގެން ވަޒީފާ އިން ވަކިކުރަން އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ހުރިހާ ޒިންމާތަކަކުން ވަކިކޮށް، އޮފީހަށް ނުނިކުމެވޭ ގޮތަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ސަސްޕެންޑް ކުރަން ބޯޑުން ނިންމީ ޑިސެމްބަރު 19، 2024 ގަ އެވެ.
އެކަމަކު، އޭނާ ސަސްޕެންޑު ކުރަން ކުންފުނީގެ ބޯޑުން ނިންމާފައި އޮތީ މުސާރަ ހިނގާ ގޮތަށެވެ. ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000ރ. ލިބިވަޑައިގަންނަވަ އެވެ. އެހެންވެ، މިދިޔަ ހަ މަސް ދުވަސް ތެރޭ މުސާރައިގެ ގޮތުގައި އޭނައަށް 378،000ރ. ލިބިވަޑައިގެންނެވި އެވެ.
އެމްޑަބްލިއުއެސްސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މަގާމުން ވަކިކުރަން ނިންމީ ކުންފުނީގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.
"މުހައްމަދު ފަޒީލްގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާ އެކު، އިސް މަގާމެއްގައި މުސާރައާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކެވަޑައިންނަވަ އެވެ،" އެމްޑަބްލިއުއެސްސީގެ ޕޯސްޓުގައި ވެ އެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ. އެކަމަކު އޭނާ އަށް ގޯތި ލިބި، ހަތަރު ފޫޓެއްހާ އުސްމިނަށް ހުރީ ވަށައިގެން ފާރު ވެސް ރާނައިފަ އެވެ.
އެ މަސައްކަތް ކޮށްފައި ވަނީ މައްސަލަ ފެންމަތިވިތާ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ގޯތި ލިސްޓް ބޭއިންސާފު، މައުރޫފަށް އުއްމީދު އެބައޮތް
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
މައުރޫފަށް ވަރަށް އިތުބާރުކުރަން، ކަންކަން ރަނގަޅުވާނެ
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި