ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
22 ޖޫން 2025
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރަހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، ފަޒީލް ސަސްޕެންޑް ކުރަން ބޯޑުން ނިންމީ ޑިސެމްބަރު 19، 2024 ގަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "މިހާރު"އަށް ވިދާޅުވީ ފަޒީލް އަދިވެސް ސަސްޕެންޝަނުގައި ހުންނެވީ ފުލުހުންގެ ތަހުގީގަށް ފަހު ވަކި ގޮތެއް އަންގަންދެން ކަމަށެވެ. މަސައްކަތުން ވަގުތީ ގޮތުން އެކަހެރިކުރިތާ ހަ މަސް ދުވަސް ވިއަސް ފަޒީލަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށް މަތީން ވިދާޅުވި އެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ ޖޫން 30، 2024 ގައި އެދުނެވެ.
އެހެންވެ، އެޗްޑީސީން އަމަލުކުރާ އާއްމު އުސޫލުން އެ ގޯތީގެ ރަޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އިތުރު މީހަކު ވެސް ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ފަޒީލްގެ އިތުރުން ދެން ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން، އޭރު އެ ތަނުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުން ސާފުވެ އެވެ.
މާލެ-ހުޅުމާލޭ ފެނުގެވިއުގާ ގުޅާލުމުގެ ބޮޑުބައި ނިމިއްޖެ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި
ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ޕަމްޕެއްގެ މައްސަލަޖެހި ބައެއް ފްލެޓްތަކަށް ފެން ނުލިބޭ
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ޓަވަރުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް