09 މާޗް 2022
ޕަމްޕެއް އޯވަހީޓްވެ ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގެ އެންމެ މަތީ ފްލޯތަކަށް ފެން ކެނޑިއްޖެ އެވެ.
ޕަމްޕެއް އޯވަހީޓްވެ ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގެ އެންމެ މަތީ ފްލޯތަކަށް ފެން ކެނޑިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފެން ކެނޑިގެން އުޅެނީ ހިޔާގެ 10 ވަނަ ޓަވަރުން 16 ވަނަ ޓަވަރުގަ އެވެ. މި ޓަވަރުތަކުގެ 17-24 ވަނަ ފްލޯއަށް ރޭ 12:00 އިން ފަތިހު 6:30 އާ ހަމައަށް އެއްވެސް ގޮތަކަށް ފެނެއް ނުލިބެ އެވެ. އެކަމަކު ފަހުން ކުޑަ ވަގުތުކޮޅަކަށް ފެން ލިބުމަށް ފަހު އަނެއްކާވެސް ފެން ކެނޑުނީ އެވެ.
މިހާރު ވެސް 3،000 އެއްހާ އާއިލާ ދިރިއުޅެމުން އަންނަ ހިޔާގެ ބައެެއް ޓަވަރުތަކުން ފެން ކެނޑިފައި ވަނީ ޕަމްޕެއްގެ މައްސަލަޖެހިގެން ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ މުވައްޒަފުން މިހާރުވެސް އެބަ އުޅޭ ކަމަށާއި ވަރަށް އަވަހަށް ހުރިހާ ފްލޯއަކަށް ވެސް ފެން ލިބޭނެ ކަމަށެވެ.
ހިޔާ ފްލެޓްތަކަށް ވެސް ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީ އިންނެވެ. ބައެއް ޓަވަރުތަކުގެ އެންމެ މައްޗަށް ފެން ނުލިބެނީ އެމްޑަބްލިޔުއެސީން ފެން ކެނޑިގެން ނޫން ކަމަށާއި އެކަމަކު ޕަމްޕުގެ މައްސަލައަކުން އެންމެ މައްޗާ ހަމަޔަށް ފެން ނަގައިނުދެނީ ކަމަށް ވަނީ އެނގިފަ އެވެ.
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި
ހުޅުމާލެ2 ގެ ބިންތަކުން ހަޓްތައް ނަގަން އަންގައިފި
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
2އެޕާޓްމަންޓް އެއްކުރި މައްސަލަ: އަދި ފިޔަވަޅެއް ނެތް
ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކުރި ޖޫރިމަނާ ނުދައްކާ
ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި