17 ޖެނުއަރީ 2022
ހިޔާ ފްލެޓް ސަރަހައްދުގެ މަގު ކޮނުމުގެ ތެރޭގައި ކޭބަލެއް ހަލާކުވެ ހުރިހާ ޓަވަރަކުން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ މަގު ކޮނުމުގެ ތެރޭގައި ކޭބަލެއް ހަލާކުވެ ހުރިހާ ޓަވަރަކުން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ.
ފްލެޓުގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި ފެނާއި ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:20 ހާއިރު އެވެ.
ސްޓެލްކޯއިން ބުނީ، ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހަދަން އެޗްޑީސީން ހަވާލު ކޮށްފައިވާ ކުންފުނިން މަގު ކޮންނަނިކޮށް، ގެއްލުންވީ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަަޅާފައިވާ ކޭބަލަކަށް ކަމަށެވެ.
ކޭބަލަށް ލިބުނު ގެއްލުން ރަނގަޅުކޮށް އަލުން ކަރަންޓު ދޭން ގާތްގަނޑަކަށް 3-4 ގަޑިއިރު ވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"ކަރަންޓް ކެނޑުނީ އެކްސްކަވޭޓަރުން ކޮންނަނިކޮށް ކޭބަލް ހަލާކުވެގެން. ކޭބަލް ރިޕްލޭސް ކުރަން ޖެހޭތީ، އަލުން ކަރަންޓް ދޭން ތިން ގަޑިއެއްހާއިރު ވާނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެ އެވެ.
ފެނުގެ ހިދުމަތް ކެނޑުނު ސަބަބެއް ނޭނގެ އެވެ. އެކަމަކު ކަރަންޓާ އެކު ފެން ކެނޑުމުން ބެލެވެނީ ފެން ކެނޑުނީ ވެސް ކަރަންޓު ނެތުމުގެ ސަބަބުން ކަމަށެވެ. މިކަމާ ބެހޭ ގޮތުން އެމްޑަބްލިޔުއެސްސީގެ ބަހެއް ނުލިބުނެވެ.
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ކަރަންޓު ކަނޑާލަން ކަމަށް ފަތުރަނީ ދޮގެއް: ސްޓެލްކޯ
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
4 ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"
ދިމާވީ ބޮޑު ކަމެއް، ޖަވާބުދާރީ ކުރުވަންޖެހޭ: ޝަރީފު