Roadha Mihaaru
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި

ހިޔާ ފްލެޓްގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެނުގެ ހިދުމަތް އަލުން ދީފި

17 ޖެނުއަރީ 2022

ހިޔާ ފްލެޓް ސަރަހައްދުގެ މަގު ކޮނުމުގެ ތެރޭގައި ކޭބަލެއް ހަލާކުވެ، ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން، ސްޓެލްކޯ އިން މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފްލެޓް ސަރަހައްދުގެ މަގު ކޮނުމުގެ ތެރޭގައި ކޭބަލެއް ހަލާކުވެ، ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން، ސްޓެލްކޯ އިން މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ފަށައިފި އެވެ.

މިއަދު ހެނދުނު 9:20 ހާއިރު ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނީ ފްލެޓް ސަރަހައްދުގެ މަގުތައް ހަދަން އެޗްޑީސީން ހަވާލު ކޮށްފައިވާ ކުންފުނިން މަގު ކޮންނަނިކޮށް، ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަަޅާފައިވާ ކޭބަލަކަށް ގެއްލުން ވުމުންނެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން ހުރިހާ ފްލެޓަކުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.

އެކަމަކު، ސްޓެލްކޯއިން ވަނީ ހެނދުނު 11:10 ހާއިރު ނުވަ ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދީފަ އެވެ. ބާކީ ހުރި ޓަވަރުތަކަށް މި ހިދުމަތް އަލުން ދިނީ މެންދުރު 1:00 ހާއިރު އެވެ.

ހުރިހާ ފްލެޓްތަކަށް ވެސް ފެނުގެ ހިދުމަތް ވަނީ ހެނދުނު 11:10 ހާއިރު ދީފަ އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ދެވަނަ ފިޔަވަހީގައި ބޭނުންކުރަނީ އެޗްޑީސީން އަޅާފައިވާ ކޭބަލްތަކެކެވެ. ސްޓެލްކޯއިން އެ ސަރަހައްދަށް ކަރަންޓު ދެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސަބްސްޓޭޝަނަކަށް ކޭބަލް ގުޅައިގެންނެވެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.