ފެނުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
06 ޖުލައި 2025
ފެނުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެއީ އޭގެ ކުރީ އަހަރަށް ވުރެ 103 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 90 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވި އަހަރެވެ.
އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 100 މިލިއަން ރުފިޔާގެ އިތުރު އަދަދެވެ. ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެންނެވެ. އާމްދަނީ އިތުރު ކުރުމަށް ސީދާ ގޮތުން ކުރާ ހަރަދުތައް ވަނީ އެއް ބިލިއަން ރުފިޔާ އިން 935 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ހިންގުމުގެ އެހެން ބައެއް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވެ އެވެ.
ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ވެސް 15 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްޑަބްލިއުއެއްސީއަކީ 1،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުނީގެ ގާތްގަނޑަކަށް 16 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށެވެ.
ގދ. ކައުންސިލުން ތައިލެންޑް ދަތުރަށް ބައި މިލިއަން
އެސްޑީއެފްސީގެ ލޯނުގެ 41 ޕަސެންޓް ގަވާއިދުން ނުދައްކާ
ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!
ޔޫމެޓަށް ބަދަލުގެ ގޮތުގައި ހައްގު ނުވާ 23 މިލިއަން
576 އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމުނީ 62 ރިޕޯޓު
އައިއޭއެސްގެ ގެއްލުން 2.8 މިލިއަނަށް ކުޑަކޮށްފި
އައިލެންޑް އޭވިއޭޝަނަށް 2024 ގައި ވެސް ގެއްލުން!
ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދީފައި އެބަހުރި
ފުޓުބޯޅަ ސްކޫލް: ކޮރަޕްޝަނުގެ ސީރިއަސް މައްސަލަތަކެއް
މާފުށި ކައުންސިލްގެ އާމްދަނީ އާއި ހަރަދުގައި އޮޅުންތައް