ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ކުރީގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުގެތަކުގެ 41 ޕަސެންޓް ލޯނުތައް ގަވާއިދުން ނުދައްކާތީ "ނަން ޕާފޯމިން އެސެޓް" ތަކަށް ބަދަލުވެފައި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
02 ސެޕްޓެމްބަރ 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ކުރީގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުގެތަކުގެ 41 ޕަސެންޓް ލޯނުތައް ގަވާއިދުން ނުދައްކާތީ "ނަން ޕާފޯމިން އެސެޓް" ތަކަށް ބަދަލުވެފައި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓަށްފަހު އާއްމުކުރި ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 1.3 ބިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން 554 މިލިޔަން ރުފިޔާގެ ލޯނު ގަވާއިދުން އަނބުރާ ނުދައްކާތީ 90 ދުވަސްވުމުން ނަން ޕާފޯމިން އެސެޓްތަކަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ އެސްއެމްއީ ބޭންކުން އެހާތަނަށް ދޫކުރި ލޯނުތަކުގެ 41 ޕަސެންޓެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެސްޑީއެފްސީން އެ މުއްދަތުގައި 827 ފަރާތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާގެ އަދަދަކީ 878 މިލިޔަން ރުފިޔާ ކަމަށް ވާއިރު، ގަވާއިދުން ފައިސާ ނުދައްކާތީ އޯވަޑިއު ވުމުގެ ސަބަބުން އިތުރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 151 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ އެސްޑީއެފްސީން ދޫކުރި ލޯނުތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 554 މިލިޔަން ރުފިޔާގެ ތެރެއިން 107 މިލިޔަން ރުފިޔާ އެ ބޭންކްގެ އުސޫލުތަކާ އެއްގޮތަށް މައާފްކޮށްދީފައި ވުމެވެ.
އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާ ހޯދަން ކުރި މަސަައްކަތުން 2024 ވަނަ އަހަރާ ހަމައަށް އަނބުރާ ހޯދިފައި ވަނީ އެންމެ 12 މިލިޔަން ރުފިޔާ އެވެ.
ބޭންކަށް ފައިދާ ނުވާ ނަން ޕާފޯމިން އެސެޓް (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅައި ރިކަވަރީ ރަޖިސްޓްރީގައި ބަލަހައްޓަމުން އައި 389 ލޯނުގެ ތެރެއިން 116 ލޯނަކީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 5 މިލިޔަން ރުފިޔާއާ ހަަމައަށް ފައިސާ ދައްކަން ހުއްދަދީފައިވާ ލޯނުތަކެވެ. އެ ލޯނުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 289 މިލިޔަން ރުފިޔާ އައުޓް ސްޓޭންޑިންގެ ގޮތުގައި ހުރި އިރު ދައްކަން ޖެހޭ މުއްދަތަށް ވުރެ ލަސްވެފައި ހުރި ފައިސާގެ އަދަދަކީ 70 މިލިޔަން ރުފިޔާ އެވެ.
އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ މުއާމަލާތްތަކުގައި އެ ބޭންކަށް ގެއްލުންވާ ގޮތަށް ހުރި އެ ނޫން ވެސް ގިނަ މައްސަަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ކަންތައްތައް ހައްލުކުރުމަށްޓަކައި އޮޑިޓް އޮފީހުން ލަފާދޭ ގިނަ ކަންތައްތަކެއް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.
- ލޯނު ދޫކުރުމުގައި ބަލާނެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުން.
- ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ރިކަވަރީ މެނުއަލްއާ އެއްގޮތަށް ފިޔަވަޅު އެޅުމަށްފަހު ގާނޫނީ ފިޔަވަޅު އެޅުން.
- ލޯނު ޑިފޯލްޓްތައް ކުޑަކުރުމަށްޓަކައި ކޮލޭޓްރަލް ޕޮލިސީއާއި އެހެނި ޕޮލިސީތަކަށް ބަދަލު ގެނައުން.
-އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ އަނބުރާ ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމާ އެކު އެ ލޯނުތަކާ މެދު އަމަލުކުރާނެ ގޮތްތައް ސަރުކާރާ މަޝްވަރާކޮށްގެން ނިންމުން.
ރިޕޯޓްގައި އެސްޑީއެފްސީއަށް ދީފައިވާ ލަފާތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައި އޮތީ ލޯނުތަކުގެ އިންޓަރެސްޓް މާފުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އެ ބޭންކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމަށެވެ.
އެސްޑީއެފްސީއަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ހުރިކަން އޮޑިޓުން ހާމަވިއިރު، އެ ބޭންކްގައި އޮތް ސަރުކާރުގެ ހިއްސާ މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލައިފަ އެވެ. އެހެންވެ، އެ ބޭންކް ދެން ހިންގާނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ.
އެ ބަދަލާއެކު، އެސްޑީއެފްސީން ދޫކުރާ ލޯނުގެ އަދަދު އިތުރުކުރާނެ ކަމަށާއި ލޯނުތައް ދޫކުރާނީ އެ ބޭންކުން އެސްއެމްއީތަަަކަށް ކުރިން ވެސް ދޫކުރި ލުއި ޝަރުތުތަކާއެކު ކަމަށް ބީއެެމްއެލް އިން ބުނެފައިވެ.
ތިނަދޫ ކައުންސިލުން ފައިސާ ގެންގުޅުމުގައި ގޯސްތަކެއް!
576 އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމުނީ 62 ރިޕޯޓު
ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދީފައި އެބަހުރި
އައްޑޫ ފެނަކައަށް މީހުން ނެގީ އައިޑީކާޑަށް ބަލައިގެން!
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
ދިވެހި އެކައުންޓެންޓުން ސޮއި ލާޒިމްކޮށް ދާއިރާގެ އުހަށް
އޮޅުވާލައިގެން ފަސް މިލިއަން، ހޯދުނީ ދެ ލައްކަ
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ