ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ކުޅިވަރުގެ ބައެއް މަޝްރޫތައް ހިންގާފައި ވަނީ އެންމެ ފުރަތަމަ ހަވާލުކުރާ އަގަށް ވުރެ އިތުރަށް ފައިސާ ދޭން ޖެހޭ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
29 މެއި 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ކުޅިވަރުގެ ބައެއް މަޝްރޫތައް ހިންގާފައި ވަނީ އެންމެ ފުރަތަމަ ހަވާލުކުރާ އަގަށް ވުރެ އިތުރަށް ފައިސާ ދޭން ޖެހޭ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ބުނެފައި ވަނީ މަޝްރޫތަކުގެ މަސައްކަތް ކުރަން ހަވާލުވާ އަގަށް ވުރެ އިތުރަށް ފައިސާ ދޭން ޖެހެނީ ފަހުން މަޝްރޫއަށް ގެންނަ ބަދަލުތަކާ ގުޅިގެން ކަމަށެވެ.
މަޝްރޫތަކަށް ގެންނަ ބައެއް ބަދަލުތަކަކީ ދުރާލައި ދެނެގަނެވޭނެ ގޮތަށް ހުންނަ ބަދަލުތައް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް މިނިސްޓްރީން އެކަން ކޮށްފައި ނުވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
"މީގެ ސަބަބުން ގިނަ މަޝްރޫތައް ނިމިފައިވަނީ އެންމެ ފުރަތަމަ އެ މަޝްރޫތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ހަރަދުތައް އިތުރުވެގެންކަން ފާހަގަކުރަމެވެ،" އަހުމަދު މަހުލޫފުގެ މިނިސްޓަރުކަމުގެ ދުވަސްވަރު އޮޑިޓްކުރުމަށް ފަހު ނެރުނު ރިޕޯޓުގައިވެ އެވެ.
އޮޑިޓް މަރުހަލާގައި ބެލި 129 މަޝްރޫއުގެ ތެރެއިން 19 މަޝްރޫއަކަށް ފަހުން ބަދަލު ގެނެސް ހަރަދު އިތުރަށް ބޮޑުވާނެ ގޮތަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ މަސައްކަތްތައް ކުރަން ފުރަތަމަ ހަވާލުވި އަގަށް ވުރެ އިތުރަށް ފަހުން 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފުސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރަންވާނެ ކަމަށެވެ.
ތަކެތި ގަންނަނަމަ ވެސް ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި ތަފުސީލާއި އަންދާޒާ ކުރެވޭ އަގު އަދި މަސައްކަތެއްނަމަ ބީއޯކިޔު އާއި ކުރެހުމާއި ސްޕެސިފިކޭޝަނާއި އަންދާޒާ އަގު، ހިދުމަތެއްނަމަ އެ ހިދުމަތަކާ ގުޅޭ އެންމެހާ މައުލޫމާތާއި އަންދާޒާ ކުރެވޭ އަގު ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކަމަކު މިނިސްޓްރީން ބަދަލު ގެނެސްފައިވާ އެއްވެސް މަޝްރޫއެއްގައި އެކަންކަން ކޮށްފައި ނުވާ ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ ސަބަބުން މަޝްރޫތަކުގެ ހަރަދު އިތުރަށް ބޮޑުވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ މިނިސްޓްރީން ބައެއް މަޝްރޫތަކަށް ބަދަލުތައް ގެނެސްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށެވެ. އޮޑިޓް މަރުހަލާގައި ސާމްޕަލްގެ ގޮތުގައި ބެލި ހަތަރު މަޝްރޫއަކަށް ފަހުން 3.9 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ފައިސާ ދޭން ޖެހިފައި އެބަހުއްޓެވެ.
އެ ފައިސާ ދީފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ބައެއް މަޝްރޫތަކަށް އިތުރަށް ފައިސާ ދޭން ޖެހޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ މަސައްކަތް ކުރަން ހެދި އެއްބަސްވުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
"މަޝްރޫތަކަށް ބަދަލު ގެންނަން ޖެހިފައި ވަނީ އެ މަޝްރޫތައް ނިސްބަތްވާ ރަށްރަށުގެ ކައުންސިލުތަކާއި އެހެނިހެން މަސްއޫލުވެރިންނާ ދުރާލައި މަޝްވަރާ ކޮށްފައި ނުވުމުންނެވެ،"
މި ރިޕޯޓާ ގުޅޭގޮތުން މަހުލޫފު ވިދާޅުވީއޭނާގެ ދައުރުގައި އޮޑިޓަރުންނާ އެކު މިނިސްޓްރީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި "ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް" އޮޑިޓަރުން ވިދާޅުވި ކަމަށެވެ. އަދި އޭނާގެ ދައުރުގައި، އޮޑިޓް އޮފީހުން އެންމެ ފަހަރަކު ވެސް އެއްވެސް ކަމެއް އިސްލާހުކުރަން ރަސްމީކޮށް ވެސް ނުރަސްމީކޮށް ވެސް ލަފާ ދީފައިނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލް ސްޕީޑުގައި 500 އަށް ވުރެ ގިނަަ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައިރު އިސްލާހުކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި ކޮރަޕްޝަނުގެ މައްސަލައެއް އޮތް ނަމަ ތަހުގީގުކުރަން ގޮވާލައްވާ ކަމަށެވެ.
ކުޅިވަރު މަޝްރޫތަކުގައި ކޮރަޕްޝަން ބޮޑު: އޮޑިޓް
"ތަހުގީގުކުރަން އެންގި ދެ މައްސަލައާ ގުޅުމެއް ނެތް"
އައްޑޫ ފެނަކައަށް މީހުން ނެގީ އައިޑީކާޑަށް ބަލައިގެން!
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
ދިވެހި އެކައުންޓެންޓުން ސޮއި ލާޒިމްކޮށް ދާއިރާގެ އުހަށް
އޮޅުވާލައިގެން ފަސް މިލިއަން، ހޯދުނީ ދެ ލައްކަ
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން