07 މާޗް 2017
ޓިއުރިން، އިޓަލީ (މާޗް 7) – ބާސެލޯނާ އާއި އާސެނަލަށް ބަދަލުވާން އުޅޭ ކަމަށް އަޑުއަރާފައިވާ ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަންނަ ސީޒަނުގައި ވެސް އެ ޓީމުގައި މަޑުކުރާނެ ކަމަށް ސީއީއޯ ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.
ޓިއުރިން، އިޓަލީ (މާޗް 7) – ބާސެލޯނާ އާއި އާސެނަލަށް ބަދަލުވާން އުޅޭ ކަމަށް އަޑުއަރާފައިވާ ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަންނަ ސީޒަނުގައި ވެސް އެ ޓީމުގައި މަޑުކުރާނެ ކަމަށް ސީއީއޯ ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.
އާސެނަލްގެ ކޯޗުކަމުން އާސެން ވެންގާ މި ސީޒަނުގައި ވަކިވާނެ ކަމަށް ބެލެވޭއިރު ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުން ވަނީ އެލެގްރީއާ މަޝްވަރާކޮށްފަ އެވެ. އަދި އެ ކްލަބުގެ ޑިރެކްޓަރުންނާ އެކު އެލެގްރީ އަނގަބަހުން އެއްބަސްވުމަކަށް އައިސްފާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން މި ސީޒަނަށް ފަހު ލުއިސް އެންރިކޭ ބާސެލޯނާ އިން ވަކިވާން ނިންމާފައިވާތީ އެ ކްލަބުން ވެސް އެލެގްރީ އަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އަހަރެމެން އެލެގްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އޭނާ ހުރީ އަހަރެމެންނާ އެކު. އެލެގްރީ މަޑުކުރާނެކަން ސަތޭކަ ޕަސެންޓް ޔަގީންތަ؟ އަހަރެން ގަބޫލުކުރަނީ އެގޮތަށް. އޭނާއާ އަހަރެމެންނާ އަބަދުވެސް ރަނގަޅު ގުޅުމެއް އޮވޭ،" މަރޯޓާ ވިދާޅުވި އެވެ.
ކޯޗިން ކެރިއަރު 2003 ގައި ފެށި އެލެގްރީ މަޝްހޫރުވީ 2010 ވަނަ އަހަރު އޭސީ މިލާނާ ހަވާލުވުމުންނެވެ. އެ ކްލަބަށް ފުރަތަމަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދިން އިރު ޖެހިގެން އައި ދެ ސީޒަނުގައި ވެސް ގަދަ ތިނެއްގައި ނިންމާލި އެވެ. މިލާނުން ވަކިކުރުމުން 2014 ވަނަ އަހަރު ޔުވެންޓަސްއާ ހަވާލުވެ އެލެގްރީ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.
މަޑުމައިތިރި ކޯޗެއްގެ ގޮތުގައި މަޝްހޫރު އެލެގްރީ އަކީ އިޓަލީގެ ފެޑެރޭޝަނުގެ ކޯޗިން ކޯސްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރެއް ވެސް މެ އެވެ. ޒަމާނީ ބައެއް ފޯމޭޝަންތަކުގައި އެލެގްރީ މިޑްފީލްޑަރު ބޭނުންކުރާ ޓެކްޓިކްސް އަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.
މިސީޒަނަށް ފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް
ރެއާލްގެ މަގާމު އެލެގްރީ ގަބޫލުކުރި ނަމަ ރަނގަޅުވީސް
އެލެގްރީ ޔުވެންޓަސް ދޫކޮށްލާނެ: ގަލެއޯނޭ
އެލެގްރީ ގެންދަން އާސެނަލުން މަޝްވަރާކުރަނީ: ރިޕޯޓް
ޔުވެންޓަސް މޮޅުވުމުން އެލެގްރީއަށް ގަބޫލުވެސް ނުކުރެވުނު
އަލެގްރީގެ ތާރީހީ މޮޅާ އެކު ޔުވެންޓަސް ފަސް ވަނަ އަށް
ލަނޑުޖެހީމަ ރޮނާލްޑޯގެ ޒިންމާ ނިމުނީކީ ނޫން: އެލެގްރީ
މަނީ ލޯންޑްރިންގެ ތުހުމަތުގައި އެލެގްރީ ތަހްގީގަށް
ކޮވިޑް ވެކްސިނާ ބެހޭ ވާހަކައިން ޑިލިޓް ހޫނުފެނަށް
އަލެގްރީ އެނބުރި ޔުވެންޓަސް އަށް